Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ރައީސް ޔާމީން އުތުރުގެ ދެ އަތޮޅަކަށް ވަޑައިގަންވަނީ

ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން މި ހަފުތާގައި ހދ. އަތޮޅާއި ށ. އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި އަންގާރަ ދުވަހު ހދ. ހިރިމަރަދު އާއި މަކުނުދު އާއި ނެއްލައިދޫގެ އިތުރުން އެ އަތޮޅު ކުރިނބީ އަށް ވަޑައިގެން އެ ރަށްރަށުގެ ބަނދަރާއި މަކުނުދޫ މިސްކިތެއް ހުޅުއްވައި ދެއްވާނެ އެވެ.

އަދި ބުދަ ދުވަހު ކަނޑިތީމަށް ވަޑައިގެން 2014އެ ރަށުގެ ނަރުދަމާ މަޝްރޫއު އިފްތިތާހުކޮށް ދެއްވާނެ އެވެ.

ރައީސް އެންމެ ފަހުން ވަޑައިގެންނެވީ ފުވައްމުލަކަށެވެ. އެއީ މި މަހުގެ 11 ވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ އެ ރަށުގެ ފެނާއި ނަރުދަމާ މަޝްރޫއު އިފުތިހާކޮށް ދެއްވައިފަ އެވެ.