Last Updated: May 3, 20:26
Friday, May 3, 2024
ސިޔާސީ

ޕީޕީއެމް ހިންގާނީ ރައީސް ޔާމީން: ހައި ކޯޓް

ޕީޕީއެމް ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އާއި ހަވާލު ކުރުމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ދެންމެ ތާއިދުކޮށްފިއެވެ.

ސިވިލް ކޯޓުންގެ ހުކުމް ރައީސް މައުމޫންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރެއްވުމަށް މަސައްކަތް ކުރައްވަމުުން ދަނިކޮށް މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ ދަށު ކޯޓަށް މައްސަލަ ހުށަހެޅި ހުޅުދޫ ދާއިރާގެ މެމަބަރު މުހައްމަސު ޝާހިދު (ޝާޑް) އާޢި ގާތް ގުޅުމެއް އޮންނަ ހުޅުދޫ ފެންފިޔާޒްވިލާ އައްބާސް ވާފިރުއެވެ.

ހައިކޯޓުގެ ޝަރީއަތަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން މައުމޫންގެ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވީ މައްސަލަ އިންސާފުވެރި ނޫން ކަމަށާއި އެހެންވެ އިސްތިއުނާފް ކުރާނެ ކަމަށެވެ. ހައިކޯޓުގެ ނިންމުމާއި ގުޅިގެން ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ މި ދަޑިވަޅު ޕާޓީގެ އެންމެހާ މެމްބަރުން ރައީސް މައުމޫންގެ ފަހަތްޕުޅުގައި ތިއްބެވުމަށާއި، މިކަމަށް އިންސާފް ހޯއްދަވާނެ ކަމަށެވެ.