Last Updated: June 26, 17:59
Friday, June 26, 2026
ޚަބަރު

ތާރު މަގުތަކަށް 40 ސްޕީޑް ބްރޭކަރު

އައްޑޫގެ ތާރު މަގުތަކުގައި އެމްއާރްޑީސީ އާއި ހައުސިން މިނިސްޓްރީ ގުޅިގެން އަޅާފައިވާ ސްޕީޑް ބްރޭކަރުތައް ނެއްޓުމާ ގުޅިގެން ޒަމާނީ އާ ސްޕީޑް ބްރޭކަރުތައް އެޅުމަށް ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު "އައްޑޫ ލައިވް"އަށް ވިދާޅުވީ ކުރިން އެލި ސްޕީޑް ބްރޭކަރުގެ ބަދަލުގައި އާ 40 ސްޕީޑް ބްރޭކަރު އެޅުމަށް ނިންމައި އެކަމުގެ އަމަލީ މަަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެށޭނެ ކަމަށެވެ.

އައްޑޫގައި އެކްސިޑެންޓްތައް ގިނަ ވުމާއި ގުޅިގެން ހައުސިން މިނިސްޓްރީ އާއި ޕޮލިހުން އަދި ކައުންސިލްގެ މަޝްވަރާގެ މަތިން އެޅި ބްރޭކަރުތައް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނެއްޓިފަ އެވެ.

ފެންވަރު ދަށްކޮށް އެޅި ބްރޭކަރު ތަކުގެ ބައެއް ގެއްލެން ފެށުމުން އެމްއާރްޑީސީން ވަނީ ބާކީ ހުރި ބްރޭކަރުތައް ނަގައިފަ އެވެ.

އައްޑޫގައި އަލަށް އެޅުމަށް ހަމަޖެހިފައިވާ ބްރޭކަރުތައް ރާއްޖެ ގެނެސްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިތަކެތިވެސް އަޅާޏި ކުރިންވެސް ބްރޭކަރު އެޅި އެމްއާރްޑީސީންނެވެ.