މަކުނުދޫ އައިލެންޑު ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ދެމަފިރިއަކު ސްނޯކްލިންއަށް ގޮސްފައިވަނިކޮށް ގެއްލިގެން ހޯދާތާ މިއަދަށް ހަ ދުވަސްވެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނެފައިވަނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން އެފަރާތުން ވަނީ އިއްޔެގެ ނިޔަލަށް ކަނޑާއި ވައިގެ މަގުން 4412 އަކަމީޓަރު ހޯދާފައި ކަމަށާއި އެސަރަހައްދު ކަނޑުން 25 މީޓަރު އަޑިއަށް ފީނައި ބަލާފައި ކަމަށެވެ. ނަމަވެސް މިހާތަނަށް ދެމަފިރިންގެ އެއްވެސް ހިލަމެއް ވެފައި ނުވާކަމަށް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުހައްމަދު ވިދާޅުވެފައިވެއެވެ.
ނަމަވެސް އަދިވެސް ގެއްލުނު ދެ ފަތުރުވެރިން ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށާއި މޫސުން ތަންދޭ ވަރަކުން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މޭޖާ ވިދާޅުވިއެވެ.
މިދިޔަ ބުދަ ދުވަހު ސްނޯކްލިން އަށް ނިކުތް ދެމަފިރިންއަކީ ކޮން ގައުމެއްގެ ފަތުރުވެރިންނެއް ކަމެއް ރިސޯޓުން ހާމަކޮށްފައި ނުވެއެވެ.