އިންޑިއާގެ ތާރީޚާއި ޘަޤާފަތް އެންމެ ބޮޑަށް ރަމްޒުކޮށްދޭ އެއް ތަން ކަމަށްވާ ރޯޔަލް އޮޕެރާ ހައުސް އަލުން ހުޅުވައިފި އެވެ.
ރޯޔަލް އޮޕޭރާ ހައުސް ހުންނަނީ އިންޑިއާގެ މުމްބާއިގަ އެވެ.
އެއީ އިންޑިއާގެ ހަމައެކަނި އޮޕޭރާ ތިއޭޓަރެވެ. އަދި މުމްބާއިގެ އެންމެ މުހިންމު އެއް ތަނެވެ. އެ އޮޕެރާ ހައުސް ބިނާ ކުރެވުނީ އިނގިރޭސިންގެ ވެރިކަމުގައި ވިޔަސް، 20 ވަނަ ޤަރުނުގެ ފަހު އަހަރުތަކުގައި އެތަން ބަންދު ކުރެވުނެވެ.
އެތަން ބަންދު ކުރެވުނުތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން، އޮޕޭރާ ހައުސް އަލުން ހުޅުވައިފި އެވެ.
