ބައިވެރިޔާ ބޭވަފާތެރިވާކަން ނުވަތަ މަކަރުހަދާކަން ކޮންމެ ކޮންމެ މީހަކަށް ދެނެގަތުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. ތިމާގެ ބައިވެރިޔާއާއިމެދު އޮންނަ ގުޅުމުގައި ތިރީގައި މިވާ ހަތް ކަމަށް ބަލައިގެން އުޅޭށެވެ.
1. އަބަދުވެސް ފޯންއަށް ގެއްލިގެން ހުރުން
ބައިވެރިޔާ މާގިނައިން ފޯނާއިއެކު ވަގުތު ހޭދަކުރުމާއި، ދާ ކޮންމެ ތަނަކަށް ފޯން ހިފައިގެން ދިއުމަކީ ރަނގަޅު ކަމެއް ނޫނެވެ. އަދި ހަމަ އެހެންމެ އޭނާގެ ފޯންގެ ޕާސްވޯޑް ބުނުމަށް ޖެހިލުންވާނަމަ، އެކަމާއި ސަމާލުވެގެން ހުންނާށެވެ.
2. ބައިވެރިޔާއާއިއެކު އެކަނި ވަގުތު ހޭދަނުކުރުން
ދެމަފިރިންގެ ތެރެއިން އެކަކު، އަނެއް ބައިވެރިޔާއާއިއެކު އެކަނި ވަގުތު ހޭދަކުރުމަށް ޖެހިލުންވާނަމަ، އޭނާ ކައިވެނިން ބޭރުން ގުޅުމެއް ހިންގާކަމަށް ވެދާނެއެވެ. އެއީ އޭނާ ކުށެއް ކޮށްފައިވާކަން އޭނާއަށް އެނގޭނަމަ، ބައިވެރިޔާއާއި އެއްތަންވާން އޭނާއަށް އުނދަގޫވާނެއެވެ.
3. މާގިނައިން ބަހަނާތައް ދެއްކުން
އޭނާ ކަމެއް ފޮރުވައިގެން އުޅޭނަމަ، އެކަން ފޮރުވަން ދައްކާނެ ހުރިހާ ވާހަކައެއްވެސް އޮންނާނީ ވިސްނާފައެވެ. އެހެންވެ ބައިވެރިޔާ ގާތުން ސުވާލެއް ކުރާއިރަށް، މާގިނައިން ވާހަކަ ދައްކާ ހުރިހާ ކަމެއް ބުނެދިނުމަކީ މިކަމުގެ އަލާމާތެކެވެ.
4. އަމިއްލަ މީހާއަށް އެކަން ކޮންމެވެސް ވަރަކަށް އިހުސާސްކުރެވުން
ބައިވެރިޔާ މަކަރުހަދާކަމަށް ހީވަނީނަމަ، ގިނަ ފަހަރަށް އެކަން ވާނީ ތެދަކަށެވެ. ޔުނިވާސިޓީއަކުން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ބައިވެރިޔާގެ އުޅުން ހުންނަ ގޮތް ރަނގަޅަށް ބަލައިގެން އޭނާ މަކަރުހަދާކަން ނުވަތަ ނޫންކަން ދެނެގަނެވޭނެއެވެ. ސީދާ ހެއްކެއް ނުލިބުނަސް، ހީވާ ހީވުންތަކަށްވެސް މުޅިން ބީރު ކަންފަތެއް ނުދޭށެވެ.
5. ފޯންއަށް އަންނަ ޓެކްސްޓް މެސްޖުތައް ފޮހުން
މިޒަމާނުގައި ފޯންއަށް އަންނަ މެސެޖުތައް ފޮހުމަކީ މީހުން ކޮށްއުޅޭ ކަމެއް ނޫނެވެ. އެހެންކަމުން، އޭނާ މެސެޖުތައް ޑިލީޓްކުރަނީނަމަ، އޭގެ މާނައަކީ ކޮންމެވެސް ކަމެއް ފޮރުވަން އުޅޭ ކަމަށެވެ.
6. މާގިނައިން ނުވަތަ މާމަދުން ތަޢުރީފް ކުރުން
އަނބިމީހާ އަބަދުވެސް ލާ ހެދުމެއް ނުވަތަ ކައްކާ ކާއެއްޗަކާއިމެދު ކުއްލިއަކަށް މާބޮޑަށް ތަޢުރީފްކުރަން ފަށަނީނަމަ، އޭގެ މާނައަކީ ކޮންމެވެސް ގޯހެއް އެބައުޅޭ ކަމަށެވެ. ނުވަތަ ކުރިން ވަރަށް ގިނައިން ތަޢުރީފްކޮށްފައި، މިހާރު އެންމެ ނަޒަރަކުން ބަލައިވެސް ނުލާނަމަ، އެއީވެސް ގޯހެކެވެ.
މިކަންތައްތައް މިހެން އޮތްކަމުގައި ވިޔަސް، ރަނގަޅު ސަބަބެއް ނެތި ތިމާގެ ބައިވެރިޔާއަށް ޝައްކު ނުކުރާށެވެ. އެހެންނޫނީ، ކުރިން ނެތް މައްސަލަތައްވެސް ފެންމަތިވެ، ގުޅުން ރޫޅިގެން ހިނގައިދާނެއެވެ.