ސ. ހިތަދޫގައި ފުޅާ ދާއިރާއެއްގައި ބޫޓާއި ކުޅިވަރު ސާމާން ވިއްކާ ފަލަކް ފިހާރަ އިން އައްޑޫ ހައި ސްކޫލްގެ ސްޕޯޓްސް ފެސްޓިވަލް ސްޕޮންސަކޮށްފި އެވެ.
މި މަހުގެ 6 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނަ އައްޑޫ ހައި ސްކޫލްގެ ސްޕޯޓްސް ފެސްޓިވަލް ސްޕޮންސަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފަލަކް ފިހާރައިގެ ފަރާތުން ސޮއި ކުރީ އެ ފިހާރައިގެ މެނޭޖަރު ސޭލްސް އެންޑް މާކެޓިން އަބްދުﷲ ހާނިސް މޫސާ އެވެ.
އައްޑޫ ހައި ސްކޫލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރީ އެ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ނަދީމެވެ.
އައްޑޫ ހައި ސްކޫލް ސްޕޯޓްސް ފެސްޓިވަލް އޮންނާނީ އެ ސްކޫލްގެ ހަތަރު ހައުސްގެ މެދުގަ އެވެ. އެގޮތުން ފިރިހެން ކުދިންގެ ފުޓްސަލް މުބާރާތަކާއި، ވޮލީ، ބައިބަލާ އަދި ވާދެމުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންހެންކުދިންގެ މެދުގައި ވާދެމުމާއި ނެޓްބޯޅަ އޮންނާނެ އެވެ.
މި ފެސްޓިވަލް ފެށުމުގެ ގޮތުން ދަންމަރު ހިފައިގެން ދުވުން އޮންނާނެ އެވެ. އެގޮތުން އެދުވަހު މެންދުރު 2:00 ގައި މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ސްކޫލުން މައުލޫމަތު ދެއެވެ. އައްޑޫ ހައި ސްކޫލްގެ ސްޕޯޓްސް ފެސްޓިވަލް އޮންނާނީ ފެބްރުއަރީ 6-9 އަށެވެ.
ފަލަކަކީ ރާއްޖޭގެ މަޝްހޫރު ކުޅިވަރު ސާމާން ވިއްކާ ކުންފުނި ސޮނީ ސްޕޯޓްސްގެ އައްޑޫގެ ސޯލް ޑިސްޓިރިބުއުޓަރެވެ.