Last Updated: July 1, 20:14
Wednesday, July 1, 2026
ޚަބަރު

ނޫހެއް ކިޔާލަން އިން ދުވަސްވީ މީހެއްގެ ފޮޓޯ ވައިރަލްވެއްޖެ

ފޮޓޯ: ޓީވީ މޯސްޓް (ފޭސްބުކް)

މިހަފްތާގެ ތެރޭގައި ހޮންގްކޮންގްއަށް ކުރި ވިއްސާރައިގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހޮންގްކޮންގްގެ އެކި ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އެހެންނަމަވެސް، އުމުރުން ދުވަސްވެފައިވާ ފިރިހެނަކު އޭނާގެ ކޮފީއާއި ނޫސް ކިޔުމަށް އެހާދިސާ ހުރަހަކަށް ނުވިއެވެ.

މުސްކުޅި ފިރިހެނެއް އެއްވެސް ޚިޔާލެއް، ފިކުރެއް ނެތި ނޫހެއް ކިޔާލަން ޗައިނާގެ ވަންޗައި އަވަށުގައި ފެންބޮޑުވެފައި އޮތް ސްޓާބަކްސް ކެފޭގައި ހުރި ފޮޓޯއެއް، ޓީވީ މޯސްޓް އިން އެމީހުންގެ ފޭސްބުކް ޕޭޖުގައި ޝެއާކުރުމުން އެފޮޓޯ ވަނީ ވައިރަލް ވެފައެވެ.

"ނޫހުގައި އޮތީ މިއަދު ވާރޭވެހޭނެ ކަމަށް. އެކަމަކު ކުޑަ ހިފައިގެން އަންނަން އަހަރެން ހަނދާން ނެތުނީ"، އެޕޯސްޓްގެ ކެޕްޝަންއެއް ގޮތުގައި ޓީވީ މޯސްޓްއިން ލިޔުނެވެ.

ފެންބޮޑުވުމުގެ ހާދިސާގެ އަސަރުކުރި ފޭސްބުކް ޔޫޒާސްގެ މެދުގައި އެ ޕޯސްޓް ވައިރަލްވެ، އެއަށް 18،000 ރިއެކްޝަންއާއި 1،500 ކޮމެންޓް ލިބުނެވެ.

އެ ފޮޓޯ ނަގާފައިވަނީ 23 އަހަރުގެ މެޑިކަލް ވޯކާއެއް ކަމަށްވާ ކްރިސްޓީ ޗެންއެވެ.

އޭނާ ބީބީސީއަށް މަޢުލޫމާތު ދިންގޮތުގައި ފެންބޮޑުވެފައިވާ މިންވަރު އޭނާގެ އާއިލާއަށް ދެއްކުމަށްޓަކައި އޭނާ ފޮޓޯނަގަމުން ދަނިކޮށް، މޯލްއެއްގައި އިށީނދެގެންއިން ފިރިހެނަކު އޭނާއަށް ފެނުނެވެ.

"އެފޮޓޯ ވައިރަލްވާނެ ކަމަށް އަހަރެން ހީނުކުރަން"، ޗެން ބުންޏެވެ. ހަޤީގަތުގައި އެފިރިހެން މީހާގެ އިތުރުންވެސް ވަރަށް ގިނަ މީހުން އެކެފޭގައި ތިބިކަމަށް އޭނާ ބުންޏެވެ.

"އަސްލު އެކަން ވަރަށް މަޖާ. ވެދާނެ އޭނައަށް ދިރިއުޅުމުގައި ވަރަށް ގިނަ ތަޖުރިބާތައް ކުރެވިފައިވުމުން ފެންބޮޑުވުން މާބޮޑު ކަމަކަށް ނުވީކަމަށްވެސް"، އޭނާ ބުންޏެވެ.

ހޮންގްކޮންގްގެ ޚަބަރު ސައިޓް ޓީވީ މޯސްޓްއިން ވަނީ އެޕޯސްޓްއާއިއެކު މީހުންގެ ކޮމްންޓްތަކާއި ފޮޓޯޝޮޕް ކޮށްފައިވާ ޑިޒައިންތައް ފޮނުވުމަށް އެދިފައެވެ.

ހައިރާންވެފައިތިބި ހޮންގްކޮންގްގެ ރައްޔިތުން އެ ފޮޓޯ 2،000 އަށްވުރެ ގިނަ ފަހަރަށް ޝެއާކުރިއެވެ.

_91993520_14608656_1782527791995550_5372787868168008639_o