Last Updated: July 1, 20:14
Wednesday, July 1, 2026
ވިޔަފާރި

ސްމާޓް ގަޑިތަކުގެ ވިޔަފާރި ދަށަށް ދަނީ

ފޮޓޯ: ގެޓީ އިމޭޖެސް

އައިޑީސީއިން ނެރުނު އާ ރިޕޯޓަކުން ދައްކާ ގޮތުގައި ސްމާޓްގަޑިތަކުގެ ޝިޕްމެންޓްތައް 51.6 އިންސައްތަ ދަށްވެއްޖެއެވެ.

ބާޒާރުގެ އެންމެ ކުރީކޮޅުގައި އެޕަލް ވޮޗް އޮތްކަމުގައިވިޔަސް، 2016 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ވިއްކާފައިވަނީ އެއްމިލިއަން ވަރަކަށް ގަޑިއެވެ.

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެކުންފުނިން ވަނީ 3.9 މިލިއަން ގަޑި ވިއްކާފައެވެ. ސްމާޓްގަޑީގެ ބާޒާރުގައި އެންމެ ކުރީގައިވާ ބްރޭންޑްތަކުގެ ތެރެއިން ކުރިއެރުމަށް ދައްކާފައިވަނީ ގާމިން ބްރޭންޑްއިންނެވެ.

މާހިރުން ބުނާގޮތުގައި އެއީ ފޯންތަކުގެ އާ ވާޝަންތައް ބާޒާރަށް ނެރުމުގެ ކުރިންކަމަށެވެ.

އައިޑީސީގެ ޖިތޭޝް އުރްބާނީ ބުނިގޮތުގައި ކަސްޓަމަރުންގެ ޑިމާންޑްވަނީ ކުޑަވެފައެވެ.

"މިހާރު ސްމާޓްގަޑިތަކަކީ އެންމެން ބޭނުންވާ އެއްޗެއް ނޫންކަންވަނީ ވަރަށް ބޮޑަށް އެނގިފައި"، އޭނާ ބުންޏެވެ.

އެޕަލްއިން އެންމެ ފަހުން ނެރުނު ސްމާޓްގަޑިއަކީ ފެޝަންއެއް ގޮތުގައި އަޅާ އެއްޗަކަށްވުރެ ބޮޑަށް ފިޓްނެސް ޑިވައިސްއެކެވެ. 10،000 ޑޮލަރަށް ރީޓެއިލް ކުރަމުން އައި އެކުންފުނީގެ އޮރިޖިނަލް ގަޑީގެ ގޯލްޑް އެޑިޝަންވަނީ މިދިޔަ މަހު ހުއްޓާލާފައެވެ.

އެހެންނަމަވެސް، ނައިކީއާއި ގުޅިގެން އުފެއްދި ޚާއްސަ އެޑިޝަންގެ އެޕަލްގެ އާ ސްމާޓްވޮޗް މިއަންނަ ހުކުރު ދުވަސްކަމަށްވާ 28 އޮކްޓޯބަރުގައި ބާޒާރަށް ނެރޭނެއެވެ. އެ ޑިވައިސްއަކީ ފެތުމުގެ ޙަރާކާތްތައް ޓްރެކް ކުރެވޭނެފަދަ އެއްޗެކެވެ.

ސްމާޓްގަޑީގެ ބާޒާރުގައި އެންމެ ކުރީގައި އުޅެނީ އެޕަލް، ސެމްސަންގް އަދި ގޫގުލްއެވެ.

އާދައިގެ ގަޑިތައް އުފައްދާ ކުންފުނިތަކާއިއެކު ވަރަށް ގަދައަށް ސްމާޓްގަޑި ވިއްކާ ކުންފުނިތަކުން ވާދަކުރަންޖެހޭނެ ކަމަށް ބެން ބުޑް ޤަބޫލުކުރެއެވެ.