Last Updated: July 1, 20:14
Wednesday, July 1, 2026
ރިޕޯޓް

ފިރިހެނުންނަށް ވުރެ 39 ދުވަސް އަންހެނުން ބިޒީ!

ކޮންމެ އަހަރަކު ފިރިހެނުންނަށް ވުރެ 39 ދުވަސް އިތުރަށް އަންހެނުން މަސައްކަތް ކުރާކަމަށް ވޯލްޑް އިކޮނޮމިކް ފޯރަމްއިން ބުނެފި އެވެ.

އެ ފޯރަމްގެ ގްލޯބަލް ޖެންޑާ ގެޕް ރިޕޯޓްއިން ދައްކާ ގޮތުގައި ދުވާލަކު އެވަރެޖުކޮށް ފިރިހެނުންނަށްވުރެ 50 މިނެޓް އިތުރަށް އަންހެނުން މަސައްކަތްކުރެއެވެ.

އެރިޕޯޓްއިން ބުނާގޮތުގައި ކުރާ މަސައްކަތަށް އުޖޫރަނުދިނުން އިތުރުވާ ކަމަކީ އަންހެނުން ކަންބޮޑުވާ ކަމެއްކަމަށާއި، ދެޖިންސުގެ ދެމެދުގައިވާ އިޤްތިސާދީ ހަމަހަމަނޫންކަން ނައްތާލުމަށް 170 ނަގާފާނެކަމަށެވެ.

އިޤްތިޞާދީ ފުރުސަތުތަކުގައިވާ ތަފާތުވުންތައް 2008 އިން ފެށިގެން މިހާތަނަށް އެންމެ މަތިވެފައިވަނީ މިހާރުކަމަށެވެ.

_92087145_totalhours

ބިލިއަންއެއްގެ ހަތަރުބައިކުޅަ އެއްބައި އަންހެނުން ވަޒީފާގެ މައިދާނަށް ވޭތުވެދިޔަ 10 އަހަރު ތެރޭގައި ނިކުމެފައިވާކަމަށްވެސް އެރިޕޯޓްގައި ބުނެފައިވެއެވެ.

އާމްދަނީ ލިބޭ މަސައްކަތް އަންހެނުންނަށްވުރެ 34 އިންސައްތަ އިތުރަށް ފިރިހެނުން ކުރިކަމުގައި ވިޔަސް، އުޖޫރަ ނުލިބޭ މަސައްކަތްތަށް ކަމުގައިވާ ގޭތެރޭގެ މަސައްކަތާއި، ކުދިން ބެލުމާއި އުމުރުން ދުވަސްވީ މީހުން ބެލުމުގައި އަންހެނުން ގިނަ ވަގުތު ހޭދަކުރެއެވެ.

_92088943_map

އެގޮތުން ބަލާއިރު، ފިރިހެނުންނަށް އެއްމަސް ދުވަހަށްވުރެ ގިނަ ދުވަހު އަންހެނުން މަސައްކަތްކުރާ ކަމަށް ވޯލްޑް އިކޮނޮމިކް ފޯރަމްއިން ލަފާކުރެއެވެ.

ޑަބްލިއުއީއެފްގެ ޑޭޓަ އެނެލިސްޓް ވެސެލީނާ ރެޗީވާ ބީބީސީއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ޝެއާޑް ޕޭރެންޓަލް ލީވްއަކީ އާއިލާތަކަށް ދިރިއުޅުން ރޭވުމަށް ފަސޭހަކޮށްދޭ ކަމެއް ކަމަށެވެ. އެގޮތުން ކުދިން ބެލުމާއި، ވަޒީފާއަށް ދިއުމާއި ޒިންމާތައްވެސް ދެމަފިރިންނަށް އެކުގައި ބަހާލެވޭނެ ކަމެއް ކަމަށެވެ.

އިންޑިއާ، ޕޯޗުގަލް އަދި އެސްޓޯނިއާގައި ފިރިހެނުންނަށްވުރެ 50 ދުވަސް އިތުރަށް އަހަރަކު އަންހެނުން މަސައްކަތްކުރެއެވެ.

ޔޫކޭގައި އެ އަދަދަކީ 12 ދުވަހެވެ.

އަންހެނުންނަށްވުރެ ގިނައިން ފިރިހެނުން މަސައްކަތް ކުރާކަމަށް އެނގިފައިވަނީ އެންމެ ހަ ޤައުމެއްގައެވެ. އޭގެތެރެއިން ތިން ޤައުމަކީ ނޯޑިކް ޤައުމުތަކެވެ. އެ ޤައުމުތަކުގައި އަންހެނުންނާއި ފިރިހެނުންނާއި ދެމެދު ޕޭރެންޓަލް ލީވް ހަމަހަމައަށް ބަހާލެވެއެވެ.

ޝެއާޑް ޕޭރެންޓަލް ލީވްއަކީ އަންހެނުން އިޤްތިޞާދުގައި ބައިވެރިވެ ވަޒީފާގެ މައިދާނަށް ނިކުންނަ މިންވަރު ދުނިޔޭގެ ގިނަ ހިސާބުތަކުގައި އިތުރުކޮށްދޭ ކަމެކެވެ.

މުސާރަލިބޭ ގޮތަށް އަންހެނުންނަށް ލިބޭ ޗުއްޓީތައް ފިރިހެނުންނަށްވުރެ ގިނައެވެ. ޖުމްލަކޮށް ދުނިޔޭގެ ގިނަ ޤައުމުތަކުގައި ފިރިހެނުންނަށްވުރެ ބޮޑަށް ދަރިންބެލުމަށްޓަކައި އަންހެނުންނަށް ޗުއްޓީދެއެވެ.

މާގިނައިން ޕޭރެންޓަލް ލީވް ދިނުމަކީވެސް ރަނގަޅުކަމެއް ނޫނެވެ.

ޔޫރަޕްގެ ގިނަ ޤައުމުތަކުގައި ޕޭރެންޓަލް ލީވް ދެއަހަރަށްވުރެ ގިނަ ދުވަހަށް ދެއެވެ. އެފަދަ ޤައުމުތަކުގައި އަންހެނުން އަނބުރާ ވަޒީފާގެ މައިދާނަށް ނުކުތުމަކީ އެހާ ކައިރި ކަމެއް ނޫނެވެ.

ބައެއް އިކޮނޮމިސްޓުން ދެކޭގޮތުގައި މީހުންނަށް އަޅާލުމުގެ އިޤްތިސާދުގައި މަސައްކަތްކުރާ މުސާރަނުލިބޭ މުވައްޒަފުންނަށް އިންވެސްޓް ކުރުމަކީ އިޤްތިސާދު ކުރިއަރައިގެންދާނެ ކަމެކެވެ.