Last Updated: June 26, 17:28
Friday, June 26, 2026
ވިޔަފާރި

މާކިއުރީ އިންޖީނުތަކަށް 15 ޕަސަންޓް ޑިސްކައުންޓެއް

އަހަރުގެ ފަހުކޮޅާ ދިމާކޮށް ހަސަން މެރިންއިން މާކިއުރީ އިންޖީނުތަކަށް 15 ޕަސެންޓް ޑިސްކައުންޓާއިއެކު ސޭލެއް ފަށައިފި އެވެ.

ރާއްޖޭގައި އައުޓްބޯޑު އިންޖީނު ވިއްކާ އެއްވެސް ފަރާތަކުން ނުދޭ ވަރުގެ ޑިސްކައުންޓް ދޭ މި ޕްރޮމޯޝަންގައި މާކިއުރީ އިންޖީނުގެ ޓޫ ސްޓްރޯކް 3.3 ހޯސް ޕަވަރުން ފެށިގެން 30 ހޯސް ޕަވަރާއި ދެމެދުގެ އިންޖީނުތަކަށް 15 އިންސައްތައިގެ ޑިސްއުންޓެއް ލިބޭ އިރު މި ޕްރޮމޯޝަންގެ ތެރެއިން ފޯ ސްޓްރޯކްގެ 15 ،25 އަދި 30 ހޯސް ޕަވަރުގެ އިންޖީނަށް ވެސް 15 އިންސައްތަ ޑިސްކައުންޓު ލިބޭނެ ކަމަށް ހަސަން މެރިން އިން ބުނެއެވެ.

ހަސަން މެރިންއިން ބުނީ އަހަރީ ޗުއްޓީ އާއި ދިމާކޮށް ނައިޓްފިޝިން އާއި ދަތުރުދިއުމަށް ބޭނުންވާ ފަރާތްތަކަށް މިއީ ރަނުގެ ފުރުސަތެއް ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން ހަސަން މެރިންއިން ވިއްކާ މާކިއުރީ އިންޖީނުތަކަށް ބޮޑު ތަރްހީބެއް އަންނަނީ ލިބެމުންނެވެ. އިންޖީނު ބޭނުން ކުރާ ފަރާތްތަކުން ބުނަނީ މިވަރުގެ "ހަބޭސް" އިންޖީނެއް ނެތް ކަމަށެވެ.