މާދަމާ ރިލީޒް ކުރާ ހަމަޖެހިފައިވާ އައިޝްވާރިޔާ ރާއި ބައްޗަންގެ ފިލްމް "އޭ ދިލް ހެ މުޝްކިލް" ގެ ޕްރޮމޯޝަންތަކުގައި ބައިވެރި ނުވާން ނިންމައިފި އެވެ.
އެ ފިލްމް މާދަމާ ސިނެމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވާއި އިރު، އެ ފިލްމްއާއި ބެހޭ ގޮތުން ވަރަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އާންމުވެފަ އެވެ.
އެއީ އެ ފިލްމުގައި ޕާކިސްތާނުގެ އެކްޓަރު ފަވާދު ޚާންގެ ރޯލްއެއް ވާތީއެވެ.

އޭ ދިލް ހެ މުޝްކިލްގެ އަނެއް ތަރި ކަމަށްވާ ރަންބީރު ކަޕޫރް ވަނީ ފިލްމް ޕްރޮމޯޓް ކުރުމަށް ވެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްފައެވެ. އެގޮތުން ޓީވީ ޝޯތަކުގައި ބައިވެރިވުމާއި އަދި އިންޓަވިއުތަކަށް ޖަވާބު ދިނުން ހިމެނެއެވެ.
އަދި ހަމަ އެހެންމެ އެ ފިލްމްގެ ދެވަނަ އަންހެން ބަތަލާ ކަމަށްވާ އަނުޝްކާ ޝަރްމާވެސް ވަނީ "ދަ ރިންގް" ގެ ޝޫޓީންއަށް ބޭރުގައި އުޅުމަށްފަހު، ފިލްމް ޕްރޮމޯޓް ކުރުމަށްޓަކައި އެނބުރި އިންޑިއާއަށް އައިސްފައެވެ.
އެހެންނަމަވެސް، ފިލްމްގެ ޓްރެއިލާތަކުން ފެންނަފަދައިން، އެފިލްމްގެ މައި ބަތަލާ ކަމަށްވާ އައިޝްވާރިޔާ ވަނީ ފިލްމް ޕްރޮމޯޓް ކުރުމަށްޓަކައި ބޭއްވި ހުރިހާ ޙަރަކާތަކުންވެސް އެކަހެރިވެފައެވެ.
އައިޝްވާރިޔާ ފިލްމްގެ ޕްރޮމޯޝަންތަކުގައި ބައިވެރި ނުވި ސަބަބު އަދި ނޭނގެއެވެ.