އޮންލައިން ވިޔަފާރީގެ އެންމެ ބޮޑު އެއްކުންފުނި ކަމަށްވާ އެމެޒޯން އިން ވަނީ ލަފާކުރިވަރަށް ވުރެ ތިންވަނަ ކުއާޓަރުގައި ކުންފުނީގެ ޚަރަދު އިތުރުވުމުގެ ސަބަބުން ފައިދާ ދަށްވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެކުނުންފުނިން ވަނީ ހަތަރުވަނަ ކުއާޓަރަށް ވަރަށް ހިތްހަމަނުޖެހޭފަދަ ރެވެނިއު ފޯކާސްޓްއެއް ހަދާފައެވެ.
އެމެޒޯންގެ ކުއާޓަލީ ރެވެނިއުތައް 29 އިންސައްތަ މައްޗަށް ދިޔައިރު، ޖުމްލަ ފައިދާ ވަނީ 252 މިލިއަން ޑޮލަރަށް އަރާފައެވެ. އެއީ ކޮންމެ ހިއްސާއަކަށް 52 ސެންޓްއެވެ.
ކުންފުނީގެ ހިއްސާތަކުގެ އަގު ލަފާކޮށްފައިވަނީ ކޮންމެ ހިއްސާއަކަށް 78 ސެންޓް ޖެހޭނެކަމަށްވީއިރު، އަސްލު ފައިދާގެ ގޮތުގައި ޖެހުނީ ވަރަށް ކުޑަ އަދަދެކެވެ.
ކުންފުނީގެ ޖުމްލަ ޚަރަދުތައް ވަނީ 31.5 އިންސައްތައަށް އިތުރުވެ 10.94 ބިލިއަންއަށް އަރާފައެވެ. އެއީ އެކުންފުނިން އެމެޒޯން ވެބް ސާވިސެސްއާއި، ޕްރައިމް ޕްރޮގްރާމް ބައިނަލްއަޤްވާމީ ގޮތުން ފުޅާކުރުމަށާއި، ގުދަން ބިނާކުރުމަށާއި، ޑެލިވަރީގެ ޚިދުމަތް ރަނގަޅުކުރުމަށާއި އަދި އޮރިޖިނަލް ވީޑިއޯ އައުޓްޕުޓް އިތުރުކުރުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާއެވެ.
އެމެޒޯންގެ ފޯކާސްޓްއިން ހަތަރު ވަނަ ލަފާކޮށްފައިވަނީ 42 ބިލިއަންއާއި 45.5 ބިލިއަންއާއި ދެމެދުގެ ޖުމްލަ ފައިދާއެވެ. އެއީ ޗުއްޓީ ވިޔަފާރި ސީޒަންވެސް ހިމެނޭ ގޮތަށެވެ.
އެވަރެޖުކޮށް އެނެލިސްޓުން ހަތަރު ވަނަ ކުއާޓަރަށް ލަފާކޮށްފައިވަނީ 44.58 ބިލިއަންގެ ފައިދާއެކެވެ.
ތިންވަނަ ކުއާޓަރުގެ ރެވެނިއު އިތުރުވެފައިވަނީ ޖުމްލަ ވިޔަފާރި 32.71 ބިލިއަންއަށް އިތުރުވެގެން ދިއުމުންނެވެ. އެއީ މިދިޔަ އަހަރުގެ 25.36 ބިލިއަންއަށްވުރެ މަތީ އަދަދެކެވެ.
އެކުންފުނީގެ ޕްރައިމް ޑޭ އަހަރީ ޝޮޕިންގް ފެސްޓިވަލްއާއި، ބެކް-ޓު-ސްކޫލް ޝޮޕިންގްއާއި ކްލައުޑް ސާވިސް ވިޔަފާރިއަކީ ޖުމްލަ ފައިދާ އިތުރުވުމަށް ލިބުނު އެހީއެވެ.