Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

އީސީސީ ސަރަހައްދު ކުޅިއެއްގައި ރޯވެއްޖެ

އައްޑޫ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އާ ދިމާލު އޮންނަ ކުޅިއެއްގައި އަލިފާން ރޯވެ، އެމްއެންޑީއެފް ސަދަން އޭރިއާ އިން ހަރަކާތްތެރި ވާން ފަށައިފި އެވެ.

ކުޅި އާ ދިމާލުގައި ހުރި ގަސްތަކެއްގައި ރޯވެފައިވާ އިރު، އަލިފާންގަނޑު ކޮންޓްރޯލް ކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެހެން ނަމަވެސް މި ސަރަހައްދުގައި ރޯވާން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.

އަލިފާން ރޯވި ދިމާލާއި އީސީސީ އާ ދެމެދު ފުދޭ ވަރެއްގެ ދުރުމިނެއް އޮތުމާ އެކު، އަލިފާނުގެ އަސަރު މިހާތަނަށް އެތަނަށްކޮށްފައެއް ނުވެ އެވެ.

tghj

އީސީސީ ހިމެނޭ ސަރަހައްދަކީ މިހާރު ބައެއް މީހުން އާބާދުދެ ދިރިވެސް އުޅެމުން އަންނަ ސަރަހައްދެކެވެ.

މި ސަރަހައްދަށް ބަލާ އިރު، އީސީސީގެ ކައިރީގައި ދެ ކުޅި އޮވެ އެވެ. އެއް ކުޅި އޮންނަނީ އީީސީސީގެ ގޯތެރެ އަށްވާ ގޮތަށެވެ. އަނެއް ކުޅި އޮންނަނީ މަގު ހުރަސްކޮށް އެތަނުގެ ކުރިމަތިންނެވެ.