Last Updated: June 26, 17:28
Friday, June 26, 2026
ޚަބަރު

ޖެނުއަރީގައި ފަށާ ކޯސްތަކަށް ވިލާއިން ފުރުސަތު ހުޅުވާލައިފި

އަންނަ އަހަރުގެ ޖެނުއަރީމަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިލާ ކޮލެޖުން ހުޅުވާލައިފި އެވެ.

ވިލާ ކޮލެޖުގެ 10 ކެމްޕަހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި މިފަހަރު ވެސް އިންފޮރމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް މެނޭޖްމަންޓް، ޓީޗިން، އެޑިއުކޭޝަން، ޝަރީޢާ، ލޯ، ހިއުމަން ރިސޯސަސް,ޓުއަރިޒަމް، އެކައުންޓިންގ އަދި މެރިން ސްޓަޑީސް ދާއިރާއިން ޖުމްލަ 57 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވައިލައިިފަ އެވެ.

ވިލާ ކޮލެޖުން ބުނީ ޖެނުއަރީއަށް ހުޅުވާލި ފުރުސަތުގައި މާސްޓާސް ފެންވަރުގެ 6 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ 3 ކޯހަކާއި، ޑިގްރީ ފެންވަރުގެ 15 ކޯހަކާއި، އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުގެ 2 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 7 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 9 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 8 ކޯހެއް ފެށުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.

villa

މި ފަހަރު ކޯސްތަކުގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ އެމް.އެސް.ސީ ޕަބްލިކް ހެލްތުކޯސް ފަށުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މުޅިން އަލަށް ފަށާ ޕްރޮގްރާމެކެވެ.

ވިލާ ކޮލެޖުން ބުނީ ޖެނުއަރީ މަހު ފަށާ ކޯސްތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 12 ޑިސެމްބަރ 2016ގެ ކުރިން ފޯމް ހުށަހަޅަން ޖެހޭނެކަމަށެވެ.

ވިލާ އައްޑޫ ކެމްޕަހުން ވެސް ގިނަ ކޯސްތަކެއް ހުޅުވިފައިވާ އިރު ބައެއް ކޯސްތައް ކުދިން ލިބޭ މިންވަރަކުން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.