Last Updated: May 9, 17:56
Friday, May 9, 2025
ސިޔާސީ

ރައީސް މައުމޫނާއި ގާސިމް ބައްދަލުވުމެއްގައި

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖުމްހުރީ ޕާޓީގެ މައި އޮފީސް މ. ކުނޫޒްގައި ބައްދަލު ކުރައްވަމުން އެބަގެންދަވައެވެ.

ޕީޕީއެމް ތެރޭގައި މައްސަލަ އުފެދި ޕާޓީ ހިންގުމުގެ ހުރިހާ ބާރެއް ކޯޓު މެދުވެރިކޮށް ރައީސް އަބްދުﷲ ޔާމީން އާއި ހަވާލު ކުރައްވާފައިވަނިކޮށް ޖުމްހުރީ ޕާޓީގެ ލީޑަރ އާއި ރައީސް މައުމޫން ބައްދަލު ކުރައްވާ ސަބަބެއް އަދި ސާފެއް ނުވެއެވެ.

މި ބައްދަލުވުމުގައި މައުމޫން އާއި އެކު އެމަނިކުފާން ފެކްޝަންގެ ނައިބް ރައީސް އާމިނަތު ނާދިރާއާއި، ނައިބް ރައީސް އިބްރާހީމް ވަހީދާއި، ކައުންސިލު މެންބަރު ޔުމްނާ މައުމޫނާއި، ސެކެރެތަރީ ޖެނެރަލް އަބުދުލް އަލީމް ބައިވެރިވެވަޑައިގަންވައެވެ.

gk

ޖުމްހުރީ ޕާޓީގެ ފަރާތުން އެޕާޓީގެ ލީޑަރ ގާސިމް އިބްރާހީމާއި، ނައިބް ލީޑަރު ޑރ.ހުސައިން ރަޝީދު ހަސަންއާއި، ކައުންސިލު މެންވބަރު އަބުދުﷲ ކަމާލުއްދީނާއި، ޖޭޕީ ޕީޖީ ނައިބް ލީޑަރު އަބުދުފ ރިޔާޒާއި، ޕީޖީ މެންބަރު އަލީ ހުސައިނާއި، ޕީޖީ މެންބަރު އިބްރާހީމް ހަސަން ބައިވެރިވަޑައިގަންނަވައެވެ.

މައުމޫން ގާސިމް އާއި މި ބައްދަލު ކުރައްވަނީ އެމަނިކުފާން ރައީސް ޔާމީންގެ ސަރުކާރަށް ދެއްވަމުން ދިޔަ އެއްބާރުލުން އަބުރާ ގެންދެވުމަށް ފަހުގައެވެ.