Last Updated: June 26, 17:28
Friday, June 26, 2026
ޚަބަރު

ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް އައްޑު އަށް

ބީއެމްއެލް ހިތަދޫ ބްރާންޗްގެ އޭޓީއެމް ކައިރީގައި ބަޔަކު ކިޔޫ ހަދާފައި.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަންނަ އަހަރު އައްޑޫގައި އާ ކޮންޓެކްޓް ސެންޓަރެއް ހުޅުވާނެ ކަމަށް އެ ބޭންކުން މިއަދު އިއުލާންކޮށްފި އެވެ.

ގައުމީ ބޭންކުން އައްޑޫގައި ހުޅުވާ ކޮންޓެކްޓް ސެންޓަރުގެ އިތުރުން މާލޭގައި އަލަށް ހުޅުވަން ހަމަޖެހިފައިވާ ކަސްޓަމަ ސާވިސް ސެންޓަރުގެ ސަބަބުން ވަޒީފާގެ އިތުރު ފުރުސަތުތަކެއް ވެސް ހުޅުވިގެން ދާނެ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ އަންނަ އަހަރު ބޭންކުން އިތުރު 150 ވަޒީފާ އުފައްދާ އިރު އޭގެ ތެރެއިން 75 ވަޒީފާ އަތޮޅުތަކަށް ހާއްސަ ކުރަނީ އަތޮޅު ތެރެއަށް ކަމަށެވެ.

fghmgbhjkhklj

ބީއެމްއެލުން ބުނި ގޮތުގައި އައްޑޫގައި ހުޅުވާ ކޮންޓެކްޓް ސެންޓަރުގެ ސަބަބުން އައްޑޫގެ އިތުރު ޒުވާނުންތަކަށް ވަޒީފާގެ ފުރުސަތުތަކެއް ފަހިވެގެން ދާނެ އެވެ.

އެހެން ނަމަވެސް ކޮންޓެކްޓް ސެންޓަރު ގާއިމު ކުރާނެ ތަނަކާއި ތާރީހެއް ބީއެމްއެލުން އަދި އިއުލާނެއް ނުކުރެ އެވެ.

ބީއެމްއެލްއިން ބުނީ އަލަށް އުފައްދާ ވަޒީފާތަކާ އެކު މުވައްޒަފުންގެ އަދަދު 1،000 އަށް އަރާނެ ކަމަށެވެ.

އައްޑޫގައި ކޮންޓެކްޓް ސެންޓަރެއް ގާއިމު ކުރާ އިރު، އައްޑޫގައި މިހާރު ވެސް ބީއެމްއެލްގެ ތިން ބްރާންޗް ހުރެ އެވެ.