Last Updated: July 22, 18:06
Wednesday, July 22, 2026
ވިޔަފާރި

އުރީދޫން ކޮންމެ އަހަރަކު ދެ މުވައްޒަފަކު ހައްޖަށް ފޮނުވަނީ

އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އުރީދޫ މޯލްޑިވްސްގެ ދެ މުއައްޒަފަކު ހައްޖަށް ފޮނުވަން އެ ކުންފުނިނ ނިންމައިފި އެވެ.

އުރީދޫން ބުނީ މި ފުރުސަތުގެ ދަށުން އެ ކުންފުނީގައި މަސައްކަތް ކުރާތާ ފަސް އަހަރުވެފައިވާ ކޮންމެ މުއައްޒަފަކަށް ވެސް ހައްޖަށް ދިއުމަށް ކުރިމަތިލެވޭނެ ކަމަށެވެ.

އަދި އެ ކުންފުނިން ހައްޖަށް ދާން ކުރިމަތިލާ މުއައްޒަފުންގެ ތެރެއިން ގުރުއަތުން ހޮވާލެވޭ ދެ މުއައްޒަފަކަށް އެ ފުރުސަތު ދޭނެ ކަމަަށް އުރީދޫން ބުންޏެވެ.

އެގޮތުން އަންނަ އަހަރު ހައްޖަށް ފޮނުވާ ދެ މުއައްޒަފުން މިހާރު ވެސް ހޮވާފައިވާ ކަމަށް އުރީދޫން ބުންޏެވެ.

އެ ދެ މުވައްޒަފުންނަކީ އުރީދޫގެ ލޯންޗް ޑްރައިވަރު، މުހައްމަދު ޔަސީނާއި އަހުމަދު ރިޒާ އެވެ.