Last Updated: June 26, 17:28
Friday, June 26, 2026
ސިޔާސީ

މެޑަމް ފާތުން ޕީޕީއެމަށް މެމްބަރުން ހޯދަނީ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމް -- ފޮޓޯ: ރައީސް އޮފީސް

ދެ ކަފިވެފައިވާ ޕީޕީއެމްގެ ޔާމީން ފެކްޝަނަށް މެމްބަރުން ހޯދުމުގެ މަސައްކަތް ރައީސް ޔާމީންގެ އަނބިކަބަލުން ފާޠިމަތު އިބްރާހިމް ފައްޓަވައިފި އެވެ.

ޖަނަވަރީ މަގުގައި ހުންނަ މެޑަމް ފާތުމަތު އިބްރާހިމް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ރައީސްގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ މިރެއިން ފެށިގެން ކޮންމެ ރެއަކު އެ އޮފީހުން މެމްބަރު ފޯމް ފުރުން އޮންނާނެ ކަމަށެވެ. އަދި ކޮންމެ ދުވަހެއްގެ މެންދުރުފަހު 2 އިން ފެށިގެން ހަވިރު 6 ޖަހަންދެން ޕާޓީގެ ފޮމް ފުރުން ހަމަޖެހިފައިވާ ކަމަށެވެ.

މުއާޒު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބްގައި ބައިވެރިވާ ކެންޑިޑޭޓުންގެ ކަންކަންވެސް އެ އޮފީސް މެދުވެރިކޮށް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.