Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ބިލަބޮންގް ހައި އައްޑޫ ކުދިންގެ ހުނަރު ތަފާތު!

ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންގެ ކުޅަދާނަ ހުނަރާއި، އެކުދިންގެ ގާބިލްކަން ބެލެނިވެރިންނަށާއި ބެލުންތެރިންނަށް އެކުދިން ދައްކާލަނީ ސްކޫލްގެ އަހަރީ ކޮންސެޓުގައެވެ. އެއީ ސްކޫލުން ދަރިވަރުންނަށް ހޯދައިދޭ އެންމެ ބޮޑު އެއް ފުރުސަތެވެ.

ބިލަބޮންގް ހައި އައްޑޫގެ ދަރިވަރުންގެ މިއަހަރުގެ އަހަރީ ކޮންސެޓް ބާއްވާފައިވަނީ މިދިޔަ ހުކުރު ދުވަހު ހިތަދޫ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)ގައެވެ.
_dsc0622

މިފަހަރުގެ ކޮންސެޓްގައި ސްކޫލްގެ ދަރިވަރުން ހުށަހަޅައިދިނީ ދުނިޔޭގެ އެކިއެކި ސަގާފަތްތަކުގެ ހުނަރެވެ. އަމިއްލައަށް ހުށަހަޅައި، ފަނޑިޔާރުކަން ކޮށް ހުނަރު ދައްކާލި މަންޒަރުން ބެލެނިވެރިންނާއި، ބެލުންތެރިން "އާޝޯހް" ކޮށްލިއެވެ.

ފުރިހަމަ ލައިޓިން އާއި އެންމެފެހުގެ ސައުންޑާއި އެކު ކުރިއަށް ގެންދިޔަ ކޮންސެޓް ބަލާލުމަށް ހާޒިރުވި ބެލުންތެރިން އަންތަރީސް ކުރިވިއެވެ.
_dsc0446

"މިއީ މިހާތަނަށް ކެންގަރޫ (ބިލަބޮންގ)އިން ބޭއްވި އެންމެ ފުރިހަމަ ކޮންސެޓް، ވަރަށް ސަޅި، ދަރިވަރުންގެ ހުނަރު ވަރަށް ތަފާތު"

އެންމެ ފަހުގެ ދިރާސާގެ މައްޗަށް ބިނާކޮށް، ފަހުގެ ވަސީލަތްތަކާއި އެކު ކިޔަވައިދެމުން އަންނަ ބިލަބޮންގް އަދި ކެންގަރޫ ސްކޫލްގެ ދަރިވަރުން ފާހަގަ ކުރެވިފައިވަނީ އެހެން ސްކޫލްތަކުގެ ކުދިންނަށް ވުރެ ކަންކަމުގައި، ކެރޭ، ހުނަރުވެރި ދަރިވަރުންގެ ގޮތުގައެވެ.
_dsc0091

ބިލަބޮންގ ހައި އައްޑޫގެ މިއަހަރުގެ ކޮންސެޓްގައިވެސް ޕްރައިމަރީ ސްކޫލްގެ އެއްވެސް ދަރިވަރަކު ބާކީ ނުކޮށް، އެކުއްޖަކު ޝައުގުވެރިކަން ހުރި ދާއިރާއަކުން ވަނީ ކޮންސެޓްގައި ބައިވެރިކޮށްފައެވެ. މިއީ ގިނަ ސްކޫލްތަކުގައި ކަންކުރާ އުސޫލެއް ނޫނެވެ.

ކެންގަރޫ އަދި ބިލަބޮންގ ސްކޫލް ހާއްސަވެފައިވަނީ ކުދިން ޝައުގުވެރިކަން ހުންނަ ދާއިރާތަކުން، އެކުދިންގެ ހުނަރު ތަރައްޤީކޮށް، އުނގެނުމުގެ ފުރުސަތު ހޯދައިދޭ ސްކޫލެއްގެ ގޮތުގައެވެ. އެގޮތުން ދަރިވަރުންނަށް ތަފާތު ގޮތްތަކަށް ކިޔަވައި ދިނުމަށް އެކި ޕްރޮގްރާމް ދަނީ ހިންގަމުންނެވެ.

އެގޮތުން އަންނަ އަހަރު ކެންގަރޫ އަދި ބިލަބޮންގހައި އައްޑޫ ސްކޫލްގައި އޮސްމޯ، ޓިގްލީ އަދި ލެގޯ އެޑިއުކޭޝަން ތައާރަފް ކުރުމަށް ވަނީ ނިންމާފައެވެ.