Last Updated: June 26, 14:38
Friday, June 26, 2026
ސިޔާސީ

މަހްލޫފް ގެއަށް ބަދަލު ކުރަން ނަޝީދު ގޮވާލައިފި

ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ކުށް ސާބިތުވެ 10 މަހަށް ޖަލަށްލާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމދު މަހްލޫފް ބަލިވެ އުޅުއްވާކަމަށް އާއިލާއިން ބުނެފައިވާތީ، ފަރުވާއަށް މަހްލޫފް ގެއަށް ބަދަލު ކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަހްލޫފްއަށް ފަރުވާ ނުދީ ބެހެއްޓުމަކީ އެމަނިކުފާނަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ދޭ އަނިޔާއެއް ކަމަށެވެ.

މަހްލޫފްގެ އަނބިކަބަލުން ނަޒްރާ ނަސީމް (ނަޒޫ) ވިދާޅުވީ، މަހްލޫފް އެލާޖިކްވެގެން އެކަމުގެ ފަރުވާއަށް އެދުމުންވެސް ފަރުވާ ނުލިބޭ ކަމަށެވެ.

މަހްލޫފް ޖަލަށް ހުކުމް ކޮށްފައި މިވަނީ އިދިކޮޅު ހަރަކާތުން މާލޭގައި ބާއްވާ މުޒާހަރާތަކުގައި މަހްލޫފް ލީޑް ކުރައްވަމުން ދަނިކޮށެވެ. މަހްލޫފް އަކީ ރައީސް ޔާމީނަށް ފާޑު ވިދާޅުވެ، އެމަނިކުފާނާއި ދެކޮޅުވި ފުރަތަމަ ޕީޕީއެމް މަޖްލިސް މެމްބަރެވެ.