ފުރަތަމަ ފަހަރަށް ދެ ބޯ ހުރި، ބިސް އަޅާ (އޮވިޕޭރަސް) މިޔަރު އެމްބްރިޔޯ (އުފަންނުވާ) އެއް ސައިންސްވެރިންނަށް ފެނިއްޖެ އެވެ.
އެއީ ގޭލިއަސް އެޓްލާންޓިކަސް (އެޓްލާންޓިކް ސޯޓެއިލް ކެޓްޝާކް) ސްޕީޝީސްއަށް ނިސްބަތްވާ މިޔަރެކެވެ.
މިވައްތަރުގެ މިޔަރު މިހާރުވަނީ ދެބޯހުންނަ ޖަނަވާރުންގެ ލިސްޓަށް އަރައިފަ އެވެ.
އެ އެމްބްރިޔޯއިން ފެނުނީ ފަސޭހައިންނެއް ނޫނެވެ. އެއީ ސްޕެއިންގެ މަލަގާގައި ހުންނަ ލެބޯޓްރީއެއްގައި ސައިންސްވެރިން ދިރާސާކުރުމަށް ރައްކާކޮށްފައި ހުރި 797 އިތުރު އެމްބްރިޔޯތަކުގެ މެދުގައި ފޮރުވިފައި އޮތް އެއްޗެކެވެ.

ދެ މިޔަރުގައި ވެސް އަނގައަކާއި ދެ ލޮލާއި އަދި ދެ ސިކުނޑި ވެސް ހުރެ އެވެ. އޭގެ އިތުރުން ދެ ހިތާއި، ބަނޑާއި، ލިވާ ހުރި ކަމުގައިވި ޔަސް، ދެ މިޔަރު ވެސް ހިއްސާ ކުރަނީ އެއް އިންޓެސްޓައިން އެވެ. އިންޓެސްޓައިންތައް ހުރީ ދެ މިޔަރުގެ ކަރުތާފަށް ދަށުގަ އެވެ.
މީގެ ކުރިން ވެސް ދެ ބޯލާފައި ހުންނަ މިޔަރުތަކެއް ފެނިފައި ވިޔަސް، އެއީ ހުސް އާ މިޔަރުތައް ވިހާ ވައްތަރުގެ މިޔަރުތަކެވެ.
އޭގެ ތެރޭގައި 2013 ވަނަ އަހަރު ފެނުނު ބުލް ޝާކް ފީޓަސް ހިމެނެ އެވެ. މިހާރު މިފެނުނު މިޔަރަކީ ބިސް އަޅާ މިޔަރުތަކުގެ ތެރެއިން ދެ ބޯ ލާފައި ހުރި އެންމެ ފުރަތަމަ މިޔަރެވެ.
އުފަންވެއްޖެ ނަމަ އެމިޔަރު ސަލާމަތްވާނެކަން ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ.