Last Updated: July 1, 18:38
Wednesday, July 1, 2026
ވިޔަފާރި

ސޮނީން 2017 ގެ ޕްރޮފިޓް ފޯކާސްޓް 10 ޕަސަންޓް ދަށްކޮށްފި

ފޮޓޯ: ގެޓީ އިމޭޖެސް

އެކުންފުނީގެ ބެޓަރި ވިއްކުމުގެ ވިޔަފާރިއަށް ލިބުނު ގެއްލުމުގެ ސަބަބުން ސޮނީއިން ވަނީ އަންނަ އަހަރަށް ލަފާކުރާ ފައިދާގެ އަދަދު 10 އިންސައްތަ ދަށްކޮށްފައެވެ.

ޖަޕާންގެ އިލެކްޓްރޯނިކްސް ވިއްކާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ސޮނީއިން އެ ޔުނިޓް މިއުރޭޓާ މެނުފެކްޗަރިންއަށް ވިއްކާލާނެ ކަމަށާއި، ވިޔަފާރިއާއި ގުޅިފައިވާ 33 ބިލިއަން ޔެންގެ އިމްޕެއާމެންޓް ޗާޖުތައް ބުކްކުރާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

ސޮނީގެ ފުރަތަ ހާފްގެ ނަތީޖާތައް ނެރުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގައެވެ.

މިއިއުލާން ކޮށްފައިވަނީ ޓޯކްޔޯގައި ބާޒާރުތައް ބަންދުކުރި ފަހުންނެވެ. ވިޔަފާރި ކުރުމުގެ ސެޝަންގައި ހިއްސާތައް ވަނީ 1.9 އިންސައްތަ މައްޗަށް ގޮސްފައެވެ.

ސޮނީގެ ބެޓަރީ ޔުނިޓް ވިއްކާލާނެ ކަމުގެ ޚަބަރު ވަނީ މިއަހަރުގެ ކުރީކޮޅު އިއުލާންކުރެވިފައެވެ. އަދި ހޯމަ ދުވަހު ސޮނީއާއި މިއުރޭޓާއިން ވަނީ އެކަމުގެ އެއްބަސްވުމެއްގައި ސޮއިކުރެވުނު ވާހަކަ ހާމަކޮށްފައެވެ.

އެ ޔުނިޓް ވިއްކާލުމުގެ މަޤްސަދަކީ، ސޮނީގެ އެންމެ ފައިދާބޮޑު ވިޔަފާރިތައް ކަމަށްވާ ވީޑީއޯގޭމްތަކާއި، މުނިފޫހިފިލުވުން އަދި ކެމެރާ ސެންސާތަކަށް ބޮޑަށް އަހައްމިޔަތުކަން ދިނުމެވެ.