ޗައިނާގެ އަންހެނަކު އޭނާގެ 20 ލޯބިވެރިންގެ އަތުން 20 އައިފޯން 7 ހޯދުމަށްފަހު، ގެއެއް ގަނެފިއެވެ.
މި ވާހަކަ ނޫސްތަކުގައި ޗާޕްކުރެވެން ފެށީ ، "ޕްރައުޑް ކައައޯބާ"ގެ ނަމުގައި ބްލޮގް ކުރަމުންދާ އަންހެނަކު އޭނާގެ ބްލޮގްގައި އޭނާއާއިއެކު މަސައްކުރާ އަންހެނެއްގެ އެވާހަކަ ޝާއިރުކުރުމުންނެވެ.
ރިޕޯޓްކުރެވޭ ގޮތުގައި ދެކުނު ޗައިނާގެ ޝެންޒެން ސިޓީއަށް ނިސްބަތްވާ އަންހެނަކު އޭނާގެ 20 ބޯއިފްރެންޑުން ކައިރީ އަލަށް ބާޒާރަށް ނެރެވުނު އައިފޯން 7 ގަނެދިނުމަށް ބުނުމުން، އެއިން ކޮންމެ މީހަކު އޭނާއަށް އެއް އައިފޯން 7 ގަނެދިނެއެވެ.
ބީބީސީއިން ރިޕޯޓްކުރާ ގޮތުގައި އެ އަންހެން މީހާ ދެން އެފޯންތައް ވިއްކުމަށްޓަކައި "ހުއި ޝައު ބެއޯ" ނަމަކަށް ކިޔާ ވެބްސައިޓެއްގައި ޖެހިއެވެ. އަދި ޖުމްލަ 115 ޗައިނީޒް ޔުއާން (ގާތްގަނޑަކަށް 14،000 ޕައުންޑް)އަށް އެފޯންތައް ވިއްކިއެވެ. އަދި އެއަށްފަހު އެފައިސާ އޭނާ ބޭނުންކުރީ ގެއެއް ގަތުމަށްޓަކައި ޑިޕޮސިޓްގެ ގޮތުގައެވެ.
"ޕްރައުޑް ކައައޯބާ" އޭނާގެ ބްލޮގްގައި ލިޔެފައިވަނީ އޭނާގެ ރަހުމަތްތެރިޔާއަކީ "މުއްސަނދި އާއިލާއެއްގެ ކުއްޖެއް ނޫން. އޭނަގެ މަންމައަކީ ހައުސްވައިފްއެއް އަދި ބައްޕައަކީ ބޭރުޤައުމެއްގައި މަސައްކަތް ކުރަމުންދާ މީހެއް އަދި އޭނާއަކީ އެންމެ ދޮށީ އަންހެން ދަރިފުޅު. އޭނާގެ މައިންބަފައިން މުސްކުޅިވަނީ އެހްނެވެ ވެދާނެ އެމީހުންނެއް ގެއެއް ގަނެދިނުމުގެ އުންމީދުގައި އޭނާއަށް މާ ޕްރެޝަރު ވަނީކަމަށް. އެކަމަކުވެސް އޭނާ މިގޮތަށް ކަންތައް ކުރުމަކީ އަދިވެސް ޤަބޫލުކުރަން ދަތިކަމެއް!"
އެޚަބަރާއިމެދު ޗައިނާގެ މައިކްރޯބްލޮގިންގް ސައިޓް 'ސިނަ ވީބޯ' ގައި ކޮމެންޓްކުރި މީހުންވަނީ ހައިރާންކަން ފާޅުކޮށްފައެވެ.
"ގެއަކަށްޓަކައި 20 މޮބައިލް" އަށް ތަރުޖަމާވާ ހޭޝްޓެގްއެއް އެސައިޓުގައި ދައުރުވެ މުޅި ޤައުމުގެ އެންމެ ކުރީ ސަފަށް އެރިއެވެ.
"އަހަންނަށް އެންމެ ބޯއިފްރެންޑްއެއްވެސް ނުލިބޭ. އޭނާއަށް 20 ބޯއިފްރެންޑުން ހޯދައި އަދި ހަމަ އެމީހުންގެ ފަރާތުން އައިފޯން 7 ވެސް ގަނެވޭ"، އެ ސައިޓަށް ކޮމެންޓްކުރި އެއް ޔޫޒާއަކު ލިޔުނެވެ.
ބައެއް މީހުންވަނީ އެއީ ވަރަށް "ލަދުނުގަންނަ" އަންހެނެއް ކަމަށް ބުނެ ތުހުމަތުކޮށްފައި އާއި، އެއީ ހާޤީގަތެއްތޯ ނުވަތަ 'ހުއި ޝައު ބެއޯ' ޕްރޮމޯޓް ކުރުމަށްޓަކައި ހެދި އުކުޅެއްތޯވެސް ސުވާލުކޮށްފައެވެ.
ބީބީސީ ޓްރެންޑިންގް އިން ރިޕޯޓްކުރި ގޮތުގައި ކުންފުނީގެ ތަރުޖަމާނަކު ވަނީ އޮކްޓޯބަރު މަހުގެ ކުރީކޮޅު އަންހެން ކްލައިންޓެއްގެ ފަރާތުން 20 އައިފޯން، ކޮނެމް ފޯނެއް 700 ޕައުންޑްއަށް ގަނެފައިވާކަމަށް ކަށަވަރު ކޮށްދީފައެވެ.