ޤާނޫނީ ވަކީލު އަލްއުސްތާޛު ޙުސްނުއް ސުޢޫދާއި، އަލްއުސްތާޛު ޢަލީ ޙުސައިން ކޯޓުތަކުގެ ޙުރުމަތް ކަނޑަމުންދާ މައްސަލަ ބަލައި، އެމައްސަލާގައި ވަކިގޮތެއް ނިމެންދެން، އެ ދެބޭފުޅުން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީ ގޮތުން މަނާކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ނިންމަވައިފި އެވެ.
މިފިޔަވަޅު އަޅާފައިމިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާއިދު އާއި ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމުގެ ޤަވާއިދު އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާއިދުގެ ދަށުންނެވެ.
ސުއޫދު އާއި އަލީ ހުސެއިންއަށް ކޯޓުގައި ވަކާލާތު ކުރުން ވަގުތީ ގޮތުން މަނާ ކުރިއިރު ފޮޓޯއެއް ޓްވީޓް ކުރި މައްސަލައެއްގައި އޮކްޓޫބަރ 25 ވަނަ ދުވަހު ސުއޫދުވަނީ ހައިކޯޓަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.
ސުއޫދުއަކީ ޕީޕީއެމްގެ މައުމޫން ފެކްޝަންގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ޕީޕީއެމް މައްސަލަ އާއި ގުޅިގެން ސުއޫދު ވަނީ ތަފާތު ޓްވީޓް ކުރައްވާފައެވެ.