Last Updated: July 1, 18:38
Wednesday, July 1, 2026
ޚަބަރު

އިންޑިއާގެ ޖަލަކުން ފިލި އަށް ގައިދީއަކު މަރާލައިފި

ފޮޓޯ: ބީބީސީ

އިންޑިއާގެ ބޯޕާލްގައި ހުންނަ ހައި-ސެކިއުރިޓީ ޖަލަކުން ފިލި އަށް ޤައިދީން މަރާލައިފި ކަމަށް ފުލުހުން ބުނެފިއެވެ.

މަނާކޮށްފައިވާ އިސްލާމިސްޓް ގްރޫޕަކަށް ނިސްބަތްވާ އެޤައިދީންތައް ފިލާފައިވަނީ ޖަލުގެ ފާރަވެރިއަކު މެރުމަށްފަހުގައެވެ.

ފުލުހުން ބުނާ ގޮތުގައި ޤައިދީންތައް މަރާލާފައިވަނީ މަދްޔަ ޕްރަދޭޝްގެ ބޭރުން، ހައްޔަރު ކުރުމަށް އުޅުމުން އެކަމާއި ދެކޮޅު ހެދުމުންކަމަށެވެ.

މިދިޔަ އަހަރު ދިއްލީގެ އެންމެ ސެކިއުރިޓީ ވަރުގަދަ ތިހާރު ޖަލުން ދެމީހުން ވަނީ، ފާރު ފަށުން ބިންގަރާއެއް ކޮނެގެން ފިލާފައެވެ.

ބޯޕާލްގެ ޖަލުން ފިލި އަށް މީހުން ފިލާފައިވަނީ ބެޑްޝީޓްތަކެއް ބޭނުންކޮށްގެން ފާރުމަތިން ފުންމާލައިގެންކަމަށް ސީނިއާ ޕޮލިސް އޮފިޝަލް ބޯޕާލް ރާމާ ސިންގް، ޕްރެސް ޓްރަސްޓް އޮފް އިންޑިއާއަށް މަޢުލޫމާތުދިނެވެ.

އޭނާ ބުނީ އެމީހުންނަކީ މަނާކުރެވިފައިވާ ސްޓޫޑެންޓްސް އިސްލާމިކް މޫވްމެންޓް އޮފް އިންޑިއާ (ސިމީ)އަށް ނިސްބަތްވާ މީހުންކަމަށެވެ. އެ ގްރޫޕަކީ ވޭތުވެދިޔަ ތަނުގައި ބޮން އެޅުމުގެ ސީރީސްއަކާއި ގުޅިފައިވާ ބައެއް ކަމަށެވެ.

2006 ވަނަ 187 މީހުން މަރުވެގެންދިޔަ މުމްބާއިގެ ކޮމިއުޓާ ޓްރެއިންތަކަށް ބޮން އެޅުމުގެ ތުހުމަތު ފުލުހުން ވަނީ ސިމީގެ މައްޗަށް ކޮށްފައެވެ.

އެމީހުން ޖަލުން ފިލި މައްސަލައިގެ ތަޙުޤީގެއް ފަށާފައިވާ ކަމަށާއި، ޖަލުގެ ސުޕާއިންޓެންޑެންޓް ވަނީ ސަސްޕެންޑް ކުރެވިފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

2013 ވަނަ އަހަރުވެސް ސިމީގެ ހަ މެމްބަރުންނާއި ލައިގެން ޖުމްލަ ހަތް މީހުން ވަނީ މަދްޔަ ޕްރަދޭޝްގެ ޖަލެއްގެ ފާހާނާގެ ފާރެއް ހަލާކުކޮށްލައިގެން ފިލާފައެވެ.

އޭގެތެރެއިން އެކަކު ވަނީ ކަންޑްވާ އަވަށުގެ ޖަލު ކައިރިން ފަހުން އަތުލައިގެންފައެވެ.އިއިއިއި