Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ބަލި މީހެއްގެ ބޮލަށް ހިތަދޫ ހޮސްޕިޓަލްގެ ސީލިން ވެއްޓިއްޖެ!

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސޮލޭޝަން ވޯޑުގައި އެޑްމިޓްކޮށްފައި އޮތް މީހެއްގެ ބޮލަށް އެތަނުގެ ސީލިން ވެއްޓި އެކި ވަރުގެ އަނިޔާވެއްޖެއެވެ.
hps1

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައިސޮލޭޝަން ރޫމްގެ ސީލިން ވެއްޓުނީ އެތަނުގެ ފުރާޅުގެ މަރާމާތަކަށް ބަޔަކު އަރައިގެން އުޅެނިކޮށް ފުރާޅު ހަލާކުވެގެން ހިނގި ހާދިސާއެއްގައެވެ. އަދި ސީލިން ވެއްޓި ޖެހިފައިވަނީ އެވަގުތު އެޑްމިޓް ކޮށްފައި އޮތް އުމުރުން ދުވަސްވީ މީހެއްގެ ގައިގައެވެ.
hps3

މި ހާދިސާގައި ބަލި މީހާގެ އަތަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް މައުލޫމާތުލިބެއެވެ. މިހާދިސާ އާއި ގުޅިގެން ހޮސްޕިޓަލްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

މިހާދިސާ ހިނގާފައިމިވަނީ ސިއްހީ ދާއިރާގެ ވައުދުގެ 90 އިން ސައްތަ ވައުދު ފުދިގެން އެކަމުގެ ވާހަކަ ހެލްތު މިނިސްޓްރީން އިއްލާން ކުރިތާ އެއްދުވަސް ނުވަނީސްއެވެ.