Last Updated: July 1, 18:38
Wednesday, July 1, 2026
ޚަބަރު

ބޯޓްދެލި މައިނެއް ގޮވައި 13 މީހުން މަރުވެއްޖެ

ފޮޓޯ: ޒިންހުއާ

ޗައިނާގެ ބޯޓުދެލި މައިންއެއް ގޮވުމުގެ ސަބަބުން 13 މީހުން މަރުވެ އިތުރު 20 މީހުންނަށް ވީނުވީއެއް ނޭނގިފައިވާ ކަމަށް އެޤައުމުގެ މީޑިއާއިން ބުނެފިއެވެ.

އެހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ހެނދުނު ހުޅަނގުދެކުނު ޗޮންކިންގް ސަރަހައްދުގައި ހުންނަ ޖިންޝެންގައު ނަމަކަށް ކިޔާ އަމިއްލަ މައިންއެއްގައި ކަމަށް ޒިންހުއާ ރިޕޯޓް ކުރެއެވެ.

ޒިންހުއާ ބުނާގޮތުގައި އަދިވެސް އެމައިންގެ ތެރޭގައި ތާށިވެފައި ތިބިކަމަށް ބެލެވޭ 20 މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރާއިރުވެސް، އިނާގައި މައިން އެކްސިޑެންޓްތަކަކީ ވަރަށް އާންމު ކަމެކެވެ.

މިއަހަރުގެ ޖެނުއަރީ މަހުވެސް ޝެންޑޯންގް ޕްރޮވިންސްގެ ޖިޕްސަން މައިނެއް ގޮވުމާއި ގުޅިގެން، 36 ދުވަސް ވަންދެން ބިމު އަޑީގައި ތާށިވެފައި ތިބި ހަތަރު މީހުން ވަނީ ސަލާމަތް ކުރެވިފައެވެ. އެހާދިސާއަށްފަހު، އެމައިންގެ ވެރިމީހާ ވަނީ އަމިއްލައަށް މަރުވެގެންފައެވެ.

_92204826_a5834164-c561-4625-ba00-c0c36bb6ffff

"އަޅުގަނޑުމެން މިހާރުވެސް ދަނީ ގެއްލިގެން އުޅޭ 20 މައިނަރުން ހޯދުމުގެ މަސައްކަތް ކުރަމުން. އުންމީދުގެ އަލިކަމެއް ފެނެންދެން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން"، ޗޮންކިންގްގެ ޑެޕިއުޓީ މޭޔަރު މާ ހުއަޕިންގް ވިދާޅުވިއެވެ.

އެއްވެސް އަނިޔާއެއް ނުލިބި ދެމީހުން އެހާދިސާއިން ސަލާމަތްވެފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ކަމާއިބެހޭ ފަރާތްތަކުން ވަނީ އެހާދިސާގެ ތަޙުޤީގެއް ކުރުމަށް އަމުރުކޮށް، އެސަރަހައްދުގައި ހުރި އެހެން ކުޑަ މައިންތައް ވަގުތީ ގޮތުން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ޗައިނާގެ ދުނިޔޭގެ އެންމެ ގިނައިން ބޯޓުދެލި އުފައްދައި ބޭނުންކުރާ ޤައުމެވެ. ޖިންޝެންގައު މައިންއަކީ އަހަރަކު 60،000 ޓަނުގެ ބޯޓުދެލި އުފެއްދުމަށް ލައިސަންސް ކުރެވިފައިވާ މައިންއެއްކަމަށް މީޑިއާތަކުން ރިޕޯޓްކުރެއެވެ.