Last Updated: July 1, 18:38
Wednesday, July 1, 2026
ރިޕޯޓް

މައިކްރޯވޭވް ގަތުމާ މެދު އަލުން ވިސްނާލާ!

ފަސޭހައިން ކާއެއްޗެހި ތައްޔާރުކޮށްލެވޭ މިޒަމާނުގައި މައިކްރޯވޭވްގެ ބޭނުންކުރުން ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. އެހެންނަމަވެސް، މައިކްރޯވޭވެއެއް ގަތުމަކީ އެންމެ ރަނގަޅު ކަމެއްތޯއެވެ؟ ތިރީގައި މިވަނީ މައިކްރޯވޭވްއިން ލިބިދޭ ގެއްލުންތަކެވެ. އެކަންތައްތައް ކިޔާލުމަށްފަހު، މައިކްރޯވޭވްއެއް ބޭނުންކުރުމަކީ ރަނގަޅު ކަމެއްތޯ ނުވަތަ ނޫންތޯ އަމިއްލައަށް ނިންމަވާށެވެ.

1. ވިޓަމިން ގެއްލުން

މާބަނޑު އަންހެން މައިކްރޯވޭވް ކޮށްފައިވާ އެއްޗެހި ކެއުމުން ދުރުހެލިވާން ޖެހޭނެއެވެ. އެއީ މައިކްރޯވޭވް ކާއެއްޗެއްސަކީ އުރަމަތީ ކިރުގައި އެކުލެވިގެންވާ ދަރިފުޅަށް ހިމާޔަތްކަންދޭ މުހިންމު މާއްދާތަކެއް ނައްތާލާ އެއްޗަކަށް ވާތީއެވެ. އެއީ ވިޓަމިން ބީ-12 މަދުވުމުގެ ސަބަބުން ދިމާވާ ކަމެކެވެ.

2. ނުރައްކާތެރި މާއްދާތައް އިތުރުކޮށް ދިނުން

ގިނަ މާހިރުން ޤަބޫލުކުރާ ގޮތުގައި މައިކްރޯވޭވް ކުރުމަކީ ކާއެއްޗެހީގައި ނުރައްކާތެރި މާއްދާތައް ހުންނަ މިންވަރު އިތުރުކޮށްދޭ ކަމެކެވެ. އެއީ މައިކްރޯވޭވްއިން އެއްޗެހި ހޫނުކުރާއިރު އުފެދޭ ކެމިކަލް ދޯދިތަކުގެ ސަބަބުން ކާއެއްޗެހީގެ ޑީއެންއޭ ބަދަލުވާތީއެވެ.

3. ކަރަންޓު ޚަރަދު ބޮޑުވުން

އިންޑަކްޝަން މެޝިނަކަށްވުރެ ދެގުނަ އިތުރަށް މައިކްރޯވޭވް ކަރަންޓް ބޭނުންކުރެއެވެ.

4. ކުޑަކުދިންނަށް ރަނގަޅު ކަމެއް ނޫން

މައިކްރޯވޭވް ކުރުމުން ކާއެއްޗެހީގައި ހުންނަ މާއްދާތައް ބަދަލުވެ ގެއްލުންހުރި މާއްދާތަކަށް ބަދަލުކޮށްދޭ ވާހަކަ ބައެއް ސައިންސްވެރިން ބުނެއެވެ. އޭގެ ސަބަބުން ކުދިންގެ ހަނދާން ގެއްލި، ގައިގެ ބާރު ދެރަވެގެންދެއެވެ.

5. ކެންސަރު ސެލްތައް އުފެދުން

ބައެއް ދިރާސާތަކުން ދައްކާގޮތުގައި މައިކްރޯވޭވްގެ ނޮން-އައޮނައިޒިންގް ރޭޑިއޭޝަންގެ ސަބަބުން އިންސާނުންގެ ލޭގައި ކެންސަރު ސެލްތައް އުފެދުމަށް މެދުވެރިވެއެވެ. އެހެންނަމަވެސް، މިކަން ވަނީ މިހާތަނަށް މުޅިން ކަށަވަރު ނުވެފައެވެ.

6. ޕްރޮޓީންތައް ރޫޅުން

އޮސްޓްރޭލިއާގެ ދިރާސާއަކުން ދެއްކި ގޮތުގައި މައިކްރޯވޭވް ބޭނުންކުރުމަކީ އުނދުނުން ހޫނުކުރުމަށްވުރެ ޕްރޮޓީންތައް ރޫޅޭ މިންވަރު އިތުރުވެގެންދާ ކަމެކެވެ. އެއީ ސިއްޙަތަށް ވަރަށް ގެއްލުންހުރި، ނުރައްކާތެރި ކަމެކެވެ.

7. ހިތުގެ ވިންދުގެ އަވަސްލަސްމިނަށް އަސަރުކުރޭ

މައިކްރޯވޭވްއިން 2.4 ގިގާހާޓްޒްގެ ރޭޑިއޭޝަން އުފައްދައެވެ. އެއީ ހިތުގެ ވިންދުގެ އަވަސްމިނަށް ބަދަލު ގެނެސްދޭ ކަމެކެވެ. އޭގެ ސަބަބުން ލޭގެ ޕްރެޝަރާއި ގުޅުންހުރި މައްސަލަތައް ހުރިހާ އުމުރުފުރާއެއްގެ މީހުންގެ މެދުގައިވެސް ޖެހެއެވެ.

8. ބަނޑުގައިވާ ދަރިފުޅަށް ރަނގަޅު ކަމެއް ނޫން

މާބަނޑު އަންހެނުން މައިކްރޯވޭވްއާއި ކައިރިނުވުމަށް މާހިރުން ލަފާދެއެވެ. އެއީ އޭގެއިން އަންނަ ރޭޑިއޭޝަންތަކުގެ ސަބަބުން ބަނޑުގައިވާ ދަރިފުޅަށް އަސަރު ކުރާނެތީއެވެ.

9. މައިކްރޯވޭވައަށްވުރެ އޯޓީޖީ މާ ރަނގަޅު

ކޭކުފިހުމަށް މައިކްރޯވޭވްއެއް ގަތުމަށް ވިސްނާނަމަ، އެކަމާއިމެދު ޚިޔާލުކުރުން ދޫކޮށްލާށެވެ. ކޭކު ފިހުމަށްޓަކައި މައިކްރޯވޭވްއަށްވުރެ އެންމެ ރަނގަޅު ވާނީ އަވަން ޓޯސްޓް ގްރިލާ (އޯޓީޖީ) އަވަންއެކެވެ.

10. ކާއެއްޗެހީގެ މޮއިސްޗާ ހިއްކާދޭ

ނާން، ޕިއްޒާ އަދި ތަންދޫރީގެ ބާވަތްތައް ތައްޔާރު ކުރުމަށްޓަކައި އިލެކްޓްރިކް ތަންދޫރު އެއް ބޭނުންކުރާށެވެ. އެއީ މައިކްރޯވޭވް ބޭނުންކުރުމުން، ކާއެއްޗެހީގައި ހުންނަ މޮއިސްޗާ (ފެން) ދަމައިގަނެ، އެއެއްޗެހި މާބޮޑަށް ހިކި ރަބަރު ގޮތަށް ވެއެވެ.