Last Updated: April 16, 15:11
Tuesday, April 16, 2024
ޚަބަރު

ވިލާ ގްރޫޕްގެ މައްސަލައެއް މިއަދަށް ހައި ކޯޓުގައި ތާވަލްކޮށްފި

ވިލާ ހޮޓެލް އެންޑް ރިސޯޓްސް އާއި ދެކޮޅަށް ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިސްތިއުނާފްގެ މައްސަލައެއް މިއަދު ހައިކޯޓުގައި ތާވަލްކޮށްފިއެވެ.

ހައިކޯޓުގައި މިއަދަށް ތާވަލް ކޮށްފައިވަނީ ލ. ކައްދޫގައި ސިޓީ ހޮޓަލެއް އެޅުމަށް ވިލާ ހޮޓެލްސް އަށް ދިން ބިމުގެ ބަދަލުގައި އެކުންފުންޏަށް ދިން ކ. ބޮލިދުއްފަރުފަރާއި ކ. ވާވެއްދިއްފަޅު އަދި އެ އެ ދެފަޅުގެ ދެމެދުގައިވާ ފަޅުގެ އެއްބަސްވުމާ ގުޅޭގޮތުން ސިވިލް ކޯޓުން އިއްވާފައިވާ ހުކުމުގެ މައްސަލަ އިސްތިއުނާފްގެ މައްސަލައެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލްކޮށްފައި ވަނީ މިއަދު ހެނދުނު 10:45އަށެވެ.

ވިލާ ހޮޓެލްސްއަށް ދޫކުރި ފަޅުތަކުގެ އެގްރިމެންޓް ސަރުކާރުން ބާޠިލް ކުރި މައްސަލާގައި ސިވިލް ކޯޓުގެ ހުކުމް ނިމިފައިވަނީ ވިލާ ހޮޓެލްއާއި އެއްކޮޅަށެވެ.

ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމްގެ ވިލާ ގްރޫޕާއި ގުޅޭ މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު ގާސިމް އާއި ރައީސް މައުމޫން ވަނީ ނިމިގެން ދިޔަ ހަފްތާގައި ބައްދަލު ކުރައްވާފައެވެ. ގާސިމް ވަނީ ސަރުކާރުގެ ނިންމުންތަކަށް މިފަހަކަށް އައިސް އަނެއްކާވެސް ފާޑު ވިދާޅުވާން ފަށާފައެެވެ.