Last Updated: July 1, 17:37
Wednesday, July 1, 2026
ވިޔަފާރި

ޒައައޯމީން މާދަމާ ރެޑްމީ 4 ތައާރަފު ކުރަނީ

ޒިއައޯމީ ރެޑް ނޯޓް 3 - ފޮޓޯ: އެންޑީޓީވީ ގެޖެޓްސް 360

މަޝްހޫރު ކުންފުނި ޒައައޯމީން އާ ފޯނެއް މާދަމާ ބާޒާރެއް ނެރުމުގެ މަސައްކަތް ފަށައިފި އެވެ.

ޒައައޯމީއިން ވަނީ އެކުންފުނީގެ އެންމެ ފުރަތަމަ ސްމާޓްފޯން ކަމަށްވާ "އެމްއައި ނޯޓް 2"، ޑުއަލް ކާވްޑް ޑިސްޕްލޭ އަކާއިއެކު ދާދިފަހުން ތަޢާރަފް ކޮށްފައެވެ.

އަދި ހަމައެއާއިއެކު "އެމްއައި މިކްސް" ސްމާޓްފޯންވެސް އާންމުންނަށް ދައްކާލާފައެވެ. މިހާރު އެންމެ ފަހުން މީޑިއާތަކުގައި ދެކެވެމުންދާ ވާހަކައަކީ ޒައައޯމީއިން ރެޑްމީ 4 ސްމާޓްފޯން ބާޒާރަށް ނެރެން އުޅޭކަމުގެ ވާހަކައެވެ.

ރެޑްމީ 4 ތަޢާރަފް ކުރެވިގެންދާނީ ނޮވެމްބަރު 4 ވަނަ ދުވަހު ޗައިނާގައި ބާއްވާ ރަސްމިއްޔާތެއްގައި ކަމަށް ޒައައޯމީއިން ވަނީ އިއުލާންކޮށްފައެވެ.

ޗައިނާގެ ސްމާޓްފޯންތައް ހަދާ އެކުންފުނިން ވަނީ ވީބޯގައި ހިއްސާކުރި ޕޯސްޓްއެއްގައި އަލަށް ތަޢާރަފްކުރަން އުޅޭ ފޯންގެ ތަފްސީލްތައް ހިއްސާކޮށްފައެވެ. އެހެންނަމަވެސް، ރިލީޒް ކުރާ ދުވަހާއި ތަނުގެ އިތުރުން އެހެން އެއްވެސް ވާހަކައެއް އެޕޯސްޓްގައި ބުނެފައި ނުވެއެވެ.

މިދިޔަމަހު ޗައިނާގެ ޓެލެކޮމް ކުންފުނި ކަމަށްވާ ޝަޔަންއީގެ ވެބްސައިޓްގައި ވަނީ ރެޑްމީ 4 ހުންނާނެ ގޮތާއި އޭގެ ސްޕެސިފިކޭޝަންތައް ހުންނާނެ ގޮތް ލަފާކޮށްފައި ހަދާފައިވާ ފޮޓޯތަކެއް ޝާއިރުކުރެވިފައެވެ.

އޭގައިވާ ގޮތުން، ރެޑްމީ 4 ގައި 5 އިންޗުގެ ޑިސްޕްލޭއަކާއި، އެލްއީޑީ ފްލޭޝް ހިމެނޭ 13 މެގާޕިކްސެލްގެ ފަހަތު ކެމެރާއަކާއި 5 މެގާޕިކްސެލްގެ ކުރިމަތި ފަރާތު ކެމެރާއެއް ހިމެނޭނެއެވެ. އަދި އެސްމާޓްފޯންގައި އޮކްޓާ-ކޯ ކުއަލްކޮމް ސްނެޕްޑްރެގަން ޗިޕްސެޓްއަކާއި، 3 ޖީބީގެ ރެމްއަކާއި، 32 ޖީބީގެ ސްޓޯރޭޖްއަކާއި 4،000 އެމްއޭއެޗްގެ ބެޓަރީއެއް ވާނެއެވެ. ޤަބޫލުކުރެވޭ ގޮތުގައި ރެޑްމީ 4 ރިހިކުލަ، އަޅިކުލަ އަދި ރަންކުލައިގައި ލިބެން ހުންނާނެއެވެ.

އެސައިޓްގައި ވާ ފޮޓޯތަކަށް ބަލާއިރު، ރެޑްމީ 3 އަށްވުރެ ރެޑްމީ 4 ގެ ޑިޒައިން ތަފާތުވެފައި މާރަނގަޅެވެ.

އެފޮޓޯތަކުން ފޯންގެ ކެމެރާގެ ތިރީގައި ފިންގާޕްރިންޓް ސެންސާއަކާއި އެލްއީޑީ ފްލޭޝްވެސް ހިމެނޭކަން ފެނެއެވެ. ރެޑްމީ 4 ވަނީ ޓެނާއިން ސެޓިފައިކޮށްފައެވެ.