Last Updated: May 3, 11:40
Saturday, May 3, 2025
ޚަބަރު

އާންމު ތަންތަނަށް ނަން ދިނުމުގެ ހިޔާލު އާންމުންނަށް

އައްޑޫގެ މުހިއްމު އެކިއެކި ކުޅިވަރު ބިންތަކާއި ޕާކްތަކާއި މައިދާންތަކަށް ނަން ދޭ ގޮތަށް ހަމަޖައްސައި، ނަންތައް ދިނުމުގެ ހިޔާލު އައްޑޫ ސިޓީ ކައުންސިލުން އާންމުންނަށް ވެސް ހުޅުވާލައިފި އެވެ.

އެެހެންވެ ނަން ދިނުމަށް ހަމަޖެހިފައިވާ ތަންތަނަށް ނުވަތަ ތަނަކަށް ނަމެއް ހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ކައުންސިލްގެ އީމެއިލް (media@adducity.gov.mv) މެދުވެރިކޮށް ނުވަތަ ކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ނަން ހުށަހެޅި ދާނެ ކަމަށް ކައުންސިލުން ބުންޏެވެ.

gfhjgh

އަވަށްތަކުގެ މުހިއްމު ތަންތަނަށް ނަންތައް ދޭން ނިންމާފައިވާ އިރު، މީގެ ތެރޭގައި ހިމެނެނީ ފޭދޫގެ ހަތަރު ތަނަކާއި މަރަދޫފޭދޫގެ ތިން ތަނަކާއި މަރަދޫގެ ހަ ތަނަކާއި ހިތަދޫގެ 11 ތަނަކާއި މީދޫގެ ފަސް ތަނެއްގެ އިތުރުން ހުޅުދޫގެ ހަ ތަނެކެވެ.

މި ތަންތަނުގެ ލިސްޓް ކައުންސިލްގެ ވެބްސައިޓްގައި ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.