Last Updated: June 26, 14:38
Friday, June 26, 2026
ރިޕޯޓް

ކެފޭ "މެލަންޒާނީ"، ޕިއްޒާ އަށް މިވަރެއް ނެތް!

އައްޑޫގެ ގިނަ ބައެއްގެ މަގްބޫލްކަން ހޯދި، ކެފޭ 360، "ކެފޭ މެލަންޒާނީ" އަށް ރީބްރޭންޑްކޮށް ތަފާތު ރަހަތަކުގެ ޕިއްޒާ އާއި އެކު ހުޅުވައިފި އެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ބޭއްވި ހާއްސަ ހަފްލާއެއްގައި ކެފޭ މެލަންޒާނީ ހުޅުއްވާ ދެއްވީ އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) އެވެ.

ކެފޭ މެލަންޒާނީ އާއި ގުޅޭ ގޮތުން އެތަން ހިންގާ އިބްރާހިމް ސައީދު ބުނީ ރަހަ މީރު، ތާޒާ ޕިއްޒާއަށް މިނޫން އެހެން ތަނަކުން އައްޑޫން ނުލިބޭނެ ކަމަށެވެ.

އިބްރާހިމް ސައީދުއަކީ ކެއްކުމުގެ ދާއިރާގައި ހަރަކާތްތެރިިވާތާ 22 އަހަރުވެފައިވާ އައްޑޫގެ ޒުވާނެކެވެ. އޭނާ އާއި އެކު ޓީމުގައި ވެސް ހިމެނެނީ ތަޖްރިބާ ލިބިފައިވާ ދިވެހި ޓީމެކެވެ.

dsc_2565

އިބްރާހިމް ސައީދު ބުނީ ޕިއްޒާއަށް ހާއްސަކޮށް މެލަންޒާނީ ހުޅިވި ނަމަވެސް އާއްމުކޮށް ކެފޭ ރެސްޓޯރެންޓް ތަންތަނުން ލިބެނުން ހުންނަ ކާއެއްޗެހި، ރަހަމީރުކޮށް ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިތަން ހުޅުވީ، ޕިއްޒާއަށް ހާއްސަކޮށްގެން، މިތަނުގެ ޕިއްޒާ ތަފާތަކީ، ފުށް ގަނޑުވެސް ތައްޔާރު މިކުރަނީ އަޅުގަނޑުމެން އަމިއްލައަށް ވަކި ވައްތަރެއްގެ ފުށް ގެނެސްގެން"

ކެފޭ މެލަންޒާނީގެ އިތުރުން މެލަންޒާނީގެ ފާސްޓް ފުޑް ހިދްމަތްދޭ ތަނެއް ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ކުރިމަތީގައި ހުޅުވާފައެވެ.

އިބްރާހިމް ސައީދު ބުނީ ޕިއްޒާއަށް އާއްމުންގެ ބޮޑު ތަރްހީބެއް ލިބެމުން އަންނަ ކަމަށެވެ.

"ބައެއް މީހުން ކުރާ ސުވާލެއް، ތި ތަނުގެ ޕިއްޒާ ވަކި ކޮން ތަފާތެއް ހޭ ހުންނަނީ؟ އަހަރެމެން ބުނެލަން އޮތީ އެއް ފަހަރު ރަހަ ބަލައިފި މީހަކު ހަމަ ޔަގީނުންވެސް ދެން އެހެން ޕިއްޒާއަކަށް ނުދާނެ،"

އިޓާލިއަން، އިންޑިއަން އަދި ސީފުޑް ގެ ޕިއްޒާ ލިބެން ހުރި އިރު މިހަފްތާގައި ޕިއްޒާގެ އަގުވަނީ %50 ދަށް ކޮށްފަ އެވެ.