Last Updated: June 28, 06:55
Sunday, June 28, 2026
ރިޕޯޓް

އެމްއެމްޕީއާރްސީ ހިޔާނާތް؛ ފުލުހުން ހަނު

ހިތަދޫ ކޯޓް ކައިރީގައި ފުލުހުން .ހަރަކާތްތެރިވަނީ

އެމްއެމްޕީއާރުސީ ހިޔާނާތާއި ބެހޭގޮތުން ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ފުލުހުންނަށް ކުރި ތުހުމަތާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ފުލުހުން ނުދައްކާ އިރު މުޅި މުވައްސަސާ މިކަމުގައި އަދި ވެސް އޮތީ "ހަނު"ގައެެވެ.

މިދިޔަ ހުކުރު ދުވަހު ސުއޫދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ އެމްއެމްޕީއާރްސީ އިން ނެގި ފައިސާ 530 މީހަކަށް ނުހައްގުން ލިބިފައިވާ ކަމަށާއި އެމީހުންގެ ލިސްޓު ފުލުހުންގެ އަތުގައި އޮންނަވާނެ ކަމަށެވެ. އަދި މިދަނޑިވަޅުގައި އެ މީހުންނާ ދެކޮޅަށް ދިވެހި ރައްޔިތުންގެ ފައިސާ އަނބުރާ ހޯދުމަށް ރައްޔިތުންނަށް ދައުވާވެސް ކުރެވޭނެ ކަމަށް ސުއޫދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
https://twitter.com/hsuood/status/792028713365811200?ref_src=twsrc%5Etfw
ސުއޫދުގެ މިޓުވީޓާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސް އިން ވިދާޅުވެފައިވަނީ ސުއޫދުގެ ތުހުމަތުތަކަށް ދަންނަވާނެ އެއްވެސް އެއްޗެއް ނެތް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ މިހާރު ގެންދަވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންނެވެ. ނަމަވެސް މައްސަލަ އާ ބެހޭ އެއްވެސް އަޕްޑޭޓެއް ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ބައިނަލް އަގުވާމީ ޓީވީ ޗެނެލްއެއް ކަމަށްވާ އަލް ޖަޒީރާގެ އިންވެސްޓިގޭޓިވް ޓީމަކުން މިމައްސަލަ ތަހުގީގުކޮށް ރިޕޯޓެއް ނެރެފައިވާއިރު އެރިޕޯޓުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާތް އެކުވެރިން ގިނަ އަދަދެއްގެ ފައިސާތަކެއް ރައީސް ޔާމީނުގެ އަތްޕުޅަށް އެރުވިކަމަށް ކަނޑައެޅިގެން ވިދާޅުވެފައިވެއެވެ.

ނަމަވެސް ރައީސް އޮފީހުންވަނީ އެރިޕޯޓުގައި ގެނެސްދީފައިވާ ރައީސް ޔާމީނާއި ބެހޭ ހުރިހާ މައުލޫމާތެއް ދޮގުކޮށްފައެވެ. އަދި ރައީސް ޔާމީން ވަނީ ރައްޔިތުންގެ ކުރިމަތީގައި އެމަނިކުފާނުގެ ނައިބު ރައީސް ރައްޔިތުންގެ ފައިސާއިން ޚިޔާނާތްތެރިވެ ވަޑައިގަތް ކަން އެނގިވަޑައިނުގަންނަވާ ކަމަށް ވަރަށް އަސަރާއެކު ވިދާޅުވެފައިވެސްވެއެވެ.