Last Updated: July 1, 17:37
Wednesday, July 1, 2026
މުނިފޫހިފިލުވުން

"އޭ ދިލް ހެ މުޝްކިލް" 100 ކްރޯޑް ކުލަބަށް

ބޮލީވުޑްގެ މަޝްހޫރު ފިލްމް ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ އެންމެ ފަހުގެ ފިލްމް، 'އޭ ދިލް ހެ މުޝްކިލް' ރިލީޒްކުރުމުގައި ދަތިތަކެއް ދިމާވިނަމަވެސް، އެފިލްމު ބައިނަލްއަޤްވާމީ ސިނެމާގައި އެޅުވިތާ އެއް ހަފްތާގެ ތެރޭގައި 100 ކަރޯޑް ރުޕީސްއަށް ވުރެ ގިނަ ފައިދާ ހޯދައިފި އެވެ.

އޮކްޓޯބަރު 28 ވީ ހުކުރު ދުވަހު ރިލީޒް ކުރެވުނު، ލޯބީގެ މިފިލްމް ވަނީ މިހާތަނަށް އިންޑިއާގައި 74.01 ކަރޯޑް ރުޕީސް ހޯދައި، ބައިނަލްއަޤްވާމީ ބޮކްސް އޮފީހުގައި 47 ކަރޯޑް ރުޕީސް (7 މިލިއަން ޑޮލަރު) ހޯދާފައެވެ.

ފޮކްސް ސްޓާ ސްޓޫޑިއޯސް އިން ބުނާގޮތުގައި އެފިލްމު އުފެއްދުމަށްޓަކައި މާކެޓިންއާއި ޑިސްޓްރިބިއުޝަން ހިމަނައިގެން، ޖުމްލަ 100 ކަރޯޑް ރުޕީސް ޚަރަދު ވެފައިވާ ކަމަށެވެ.

433912-karan-2

އެ ފިލްމްގެ މިއުޒިކާއި، ސެޓެލައިޓް އަދި ޑިޖިޓަލްއިން މިހާތަނަށް ލިބިފައިވަނީ 75 ކަރޯޑްގެ ފައިދާއެކެވެ.

ސިނެމާތަކުގައި ފިލްމް އަޅުވައިގެން ލިބޭނެކަމަށް ލަފާކުރި 25 ކަރޯޑް ރުޕީސް އެފިލްމް ވަނީ ހޯދާފައެވެ. ދިވާލީގެ ބަންދާއިއެކުވެސް، 'އޭ ދިލް ހެ މުޝްކިލް' ވަނީ ހަދުވަހުގެ ތެރޭގައި އިންޑިއާގައި 74.01 ކަރޯޑް ރުޕީސްގެ ފައިދާއެއް ހޯދާފައެވެ.

"ބައިނަލްއަޤްވާމީކޮށް ފިލްމް ދަނީ ފާހަގަކުރެވޭފަދަ ޕާފޯމެންސްއެއް ދެމުން. އެއީ ފިލްމްއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް. ދަރުމާ ޕްރޮޑަކްޝަންސްއަށާއި އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ހިޓްއަކަށް ފިލްމްވީ"، ފޮކްސް ސްޓާ ސްޓޫޑިއޯސްގެ ސީއީއޯ ކަމަށްވާ ވިޖޭ ސިންގް ވިދާޅުވިއެވެ.