Last Updated: June 26, 14:38
Friday, June 26, 2026
ސިޔާސީ

"އަސްލު" ޖަލްސާ އަށް އައްޑޫން ޗާޓަރުގައި މާލެ އަށް

ޕީޕީއެމް ޔާމީން ފެކްޝަނުން ބާއްވާ "އަސްލު" ޖަލްސާއަށް އައްޑޫން ދާ ބައެއް މީހުން ފްލައިޓްގައި. ފޮޓޯ: ހައްވާ އަނީސާ

މިރޭ ޕީޕީއެމް ޔާމީން ފެކްޝަނުން ބާއްވާ ޖަލްސާއަށް އަތޮޅުތަކުން މީހުން ގަނައުމަށް ފްލައިޓް ޗާޓަރ ކުރަނީ ކޮން ފައިސާއަކުންތޯ ޕީޕީއެމް މައުމޫން ފެކްޝަންގެ ނައިބް ލީޑަރ އާމިނަތު ނާދިރާ ސުވާލު އުފައްދައިފިއެވެ.

ނާދިރާ މިގޮތަށް ސުވާލު އުފައްދާފައިވާ އިރު މިރޭގެ ޖަލްސާއަށް އަތޮޅުތަކުން މީހުން ގެނައުމަށް މޯލްޑިވިއަންގެ ފްލައިޓްތައް ވަނީ ޗާޓަރު ކޮށްފައެވެ.

އެގޮތުން އައްޑޫން މީހުން ގެންދިއުމަށް މޯލްޑިވިއަންގެ އޭ 320 ގެ ދެބޯޓު ޗާޓަރުކޮށް މިއަދު ހެނދުނު އެއް ދަތުރު ވަނީ އަޅާފައެވެ. އަދި ދެވަނަ ދަތުރު މިއަދު މެންދުރު 1 ޖަހާއިރު ފުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕީޕީއެމްގެ 5 ވަނަ އަހަރީ ދުވަސް ފާހަނގަ ކުރުމަށް ބާއްވާ "އަސްލު" ޖަލްސާއަށް މީހުން އެއްކުރުމަށް ސަރުކާރާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވަނީ މަޖްބޫރުކޮށްފައެވެ. އަދި ޖަލްސާއަށް އަތޮޅު ތަކުން ދާ ފަރާތްތަކަށް ހާއްސަ އެލަވެންސެއް ވަނީ ހަމަޖައްސާފައެވެ.