Last Updated: July 1, 17:37
Wednesday, July 1, 2026
ޚަބަރު

އިންޑިއާގައި ލެޕާޑެއް ދިރިއޮއްވައި އަންދާލައިފި

ފޮޓޯ: އޭޕީ

އިންޑިއާގެ ގުޖުރާތު ސްޓޭޓްގައި އަންހެން ކުއްޖެއް މަރާލުމުން، ކޮށްޓެއްގައި ބަންދުކޮށްފައިހުރި ލެޕާޑްއެއް އެ ސްޓޭޓްގެ ގްރޫޕަކުން ދިރިހުއްޓާ އަންދާ މަރާލައިފިއެވެ.

އަށް އަހަރުގެ ނިކިތާ ވޭސަވާ ބުދަ ދުވަހު ވަޑިގަމް އަވަށުގެ ދަނޑަކަށް ދަނިކޮށް، އެލެޕާޑް އައިސް އޭނާއަށް ހަމަލާ ދިނެވެ.

އެއަށްފަހު ލެޕާޑް ކޮށްޓެއްގައި ބަންދުކުރެވުނު ނަމަވެސް، އަވަށުގެ ރައްޔިތުން އައި ރުޅީގައި އޭތި އަންދާލީއެވެ.

ލެޕާޑްއާއި ބުޅާ އާއިލާގެ އެހެނިހެން ބޮޑެތި ޖަނަވާރުތައް މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އައުމަކީ ވަރަށް އާންމު ކަމެކެވެ. އަދި ކޮންޒަވޭޝަނިސްޓުން ވަނީ އިންސާނުން އެއެއްޗެހީގެ ތިމާވެއްޓަށް ގެއްލުން ދިނުމުގެ ސަބަބުން، އެފަދަ ހާދިސާތައް ހިނގުން އިތުރުވެގެން ހިނގައިދާނެ ކަމަށް އިންޒާރުދީފައެވެ.

ޖަންގަލީގެ އޮފިޝަލް އާރްއެސް ގަދްވީ ބީބީސީގެ އަންކުރް ޖެއިންއަށް މަޢުލޫމާތު ދިން ގޮތުގައި، އަންހެން ކުއްޖާ މަރުވިތާ އެތައް ގަޑިއިރެއް ފަހުން ޖަންގަލީގެ މަސައްކަތު މީހުންވަނީ އެލެޕާޑް ހައްޔަރުކޮށްފައި ކަމަށެވެ.

"އަވަށުގެ ވަށައިގެން އަޅުގަނޑުމެން ހަތް ކޮށި ބެހެއްޓިން އަދި އެ ބޮޑު ބުޅާ ހައްޔަރުކުރިން. އެކަމަކު ރުޅިގަދަވެފައި ތިބި އާންމުން ތެޔޮ ދަޅުތައް ހިފައިގެން އައިސް ބޮޑު ބުޅާ ކޮށިތެރޭގައި އޮތްވާ ކޮށީގައި ރޯކޮށްލީ. ކޮށި ބަލަހައްޓަން ތިބި ޖަންގަލީގެ އޮފިޝަލުން ދުރަށް ފޮނުވާލެވުނު"، އޭނާ ބުންޏެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އިންސާނުންނާއި ޖަނަވާރުންނާއި ދެމެދު އުފެދޭ ހަމަނުޖެހުންތައް އިންޑިއާގައި ވަނީ އިތުރުވެފައެވެ.

ޖުލައި މަހު ގުޖުރާތުގެ ރޯޖްމާލް އަވަށުގައި ދަނޑިބުރިތަކުންނާއި ގަލުން ތަޅާ ލެޕާޑްއެއް ވަނީ އެ އަވަށުގެ ފިރިހެނުންގެ ގްރޫޕަކުން މަރާލާފައެވެ.

1،396 ލެޕާޑްއާއިއެކު، ގުޖުރާތުއަކީ އިންޑިއާގައި ލެޕާޑް ދެވަނައަށް އެންމެ ގިނައިން އުޅޭ ސަރަހައްދެވެ. އޭގެތެރެއިން ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ ލެޕާޑް އުޅެނީ އިންސާނުން ދިރިއުޅެމުންދާ ހިސާބުތަކާއި ކައިރީގައެވެ.

މިދިޔަ އަހަރު ޑަޒަންއަކަށްވުރެ ގިނަ މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުންވަނީ ލެޕާޑް ހަމަލާތަކުގައި ޒަޚަމްވެފައެވެ. އޭގެތެރެއިން ގިނައީ ދަނޑުތަކުގައި މަސައްކަތް ކުރާ މީހުންނެވެ.

ގުޖުރާތުގެ ގިނަ އަވަށްތަކުގައި، ދަނޑުމަތީ މަސައްކަތް ކުރާއިރު، ލެޕާޑްތައް ދުރުކުރުމަށްޓަކައި މީހުން އަލިފާން ރޯކޮށް އުޅެއެވެ.

ފެބްރުއަރީ މަހު، ބެންގަލޫރު ސިޓީގެ ސްކޫލަކަށް ފިރިހެން ލެޕާޑްއަށް ވަދެ، އޭތި ހިފަހައްޓަން މަސައްކަތް ކުރި ހަ މީހުންވަނީ ޒަޚަމްވެފައެވެ.

އަދި ހަމަ އެހެންމެ މިދިޔަ އަހަރުގެ އޮކްޓޯބަރު، އުތުރު ރާޖަސްތާން ސްޓޭޓްގައި ލެޕާޑްއެއް ބޯ ދަގަނޑު ގުޅިއެއްގައި ފަސް ގަޑިއިރު ވަންދެން ވަނީ ތާށިވެފައެވެ.