Last Updated: July 1, 17:37
Wednesday, July 1, 2026
ވިޔަފާރި

މިދިޔަ މަހު އެމެރިކާގައި 161،000 ވަޒީފާ އުފައްދައިފި

ފޮޓޯ: ބްލޫމްބާގް

އޮކްޓޯބަރު މަހުގައި އެމެރިކާގެ އިޤްތިޞާދުން 161،000 ވަޒީފާ އުފައްދާފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ. އެއީ ލަފާކުރެވުނު އަދަދާއި ވަރަށް ކައިރި އަދަދެކެވެ.

އޮގަސްޓް އަދި ސެޕްޓެމްބަރު މަހުގައި ވަޒީފާ އުފައްދާނެ އަދަދުތައް ވަނީ 176،000 އާއި 191،000 އަށް އިސްލާހުކޮށްފައެވެ.

އެމެރިކާގެ ޑިޕާޓްމެންޓް އޮފް ލޭބާއިން އެންމެ ފަހުން ނެރުނު ރިޕޯޓަށް ބަލާއިރު، ވަޒީފާ އަދާނުކުރާ މީހުންގެ ރޭޓް ވަނީ 4.9 އިންސައްތައަށް ދަށަށް ގޮސްފައެވެ.

އެމެރިކާގެ ފެޑެރަލް ރިޒާވްއިން އަންނަ މަހު އިންޓްރެސްޓް ރޭޓްތައް މަތިކުރާނެކަމަށް އެނެލިސްޓުން ލަފާކުރެއެވެ.

އެންމެ ގިނައިން ވަޒީފާތައް އުފެއްދިފައިވަނީ ސިއްޙީ، ޕްރޮފެޝަނަލް އަދި ވިޔަފާރި ޚިދުމަތްތަކާއި މާލީ ސެކްޓަރުގައިކަން ފާހަކޮށްލެވެއެވެ.