Last Updated: July 1, 17:37
Wednesday, July 1, 2026
ވިޔަފާރި

ރާއްޖެ "ކުނި" ބޫޓަށް ބޮޑު ތަރުހީބެއް

ކަނޑުގައި ޕްލާސްޓިކް ކުނި މަދުކުރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ 'ޕާލީ ފޯ ދަ އޯޝަންސް' އާއި އެޑިޑާސްއިން ކަނޑުން ނެގޭ ޕްލާސްޓިކް ކުނިން ބޫޓު އުފެއްދުމަށްޓަކައި މަސައްކަތް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

މިދިޔަ އަހަރު އެޑިޑާސްއާއި އެ ޖަމިއްޔާއިން ވަނީ 3ޑީ ޕްރޮޓޯޓައިޕްއެއް ޕްރިންޓް ކޮށްފައެވެ.

އެޑިޑާސްއިން ބުނި ގޮތުގައި އޭގެ މަޤްސަދަކީ ޑިޒައިން ކުރުމާއިމެދު ދެވަނަ ވިސްނުމަކަށް އިންޑަސްޓްރީއަށް ދެވިދާނެ ގޮތް ދައްކައި ދިނުމަށާއި އަދި ކަނޑަށް ޕްލާސްޓިކް ކުނިއެޅުމުން ދިމަވާ ޕޮލިއުޝަން ހުއްޓުވުމަށް އެހީވުން ކަމަށެވެ.

މިހާރު އެޖަމިއްޔާއާއި އެޑިޑާސްއިން ވިސްނަމުން ދަނީ މީހުންނަށް ގަންނަން ލިބޭނެގޮތަށް އެފަދަ އަސްލު ބޫޓުތަކެއް އުފެއްދުމަށެވެ.

ނޮވެމްބަރު މަހުގެ މެދުތެރެއިން ފެށިގެން، ފިހާރަތަކުންނާއި އޮންލައިންކޮށް ގާތްގަނޑަކަށް 7،000 ބޫޓު ގަންނަން ލިބެން ހުންނާނެއެވެ.

އެބޫޓުތަކުގައި ރާއްޖެ ކައިރިން ނަގާފައިވާ 95 އިންސައްތަ ޕްލާސްޓިކްއިން ހަދާފައިވާ 'އަޕާ' އެއް ހިމެނޭއިރު، ބޫޓުތަކުގެ އެހެނިހެން ބައިތައްވެސް ހަދާފަ ހުންނާނީ ރީސައިކަލް ކުރެވިފައިވާ އެއްޗެހިންނެވެ.

އެ ބޫޓަށް ދެވިފައިވާ ނަމަކީ "އަލްޓާބޫސްޓް އަންކޭޖްޑް ޕާލީ" އެވެ.

މިހާރު އެންމެ 7،000 ބޫޓު ބާޒާރަށް ނެރޭ ކަމުގައިވިޔަސް، ކުރިއަށް އޮތް ތަނުގައި މިވައްތަރުގެ ބޫޓު އުފައްދާ މިންވަރު އިތުރު ކުރުމަށް އެޑިޑާސްއިން ރާވާފައިވެ އެވެ.

"ޕާލީ އޯޝަން ޕްލާސްޓިކް ބޭނުންކޮށްގެން 2017 ވަނަ އަހަރު އަޅުގަނޑުމެން އެއް މިލިއަން ޖޯޑު އުފައްދާނަން. އަދި އަޅުގަނޑުމެންގެ އަޒުމަކީ އަޅުގަނޑުމެންގެ ސަޕްލައި ޗެއިނުން ޕްލާސްޓިކް މުޅިން ނައްތާލުން"، އެކުންފުނިން ބުނިކަމަށް ދަ ވާޖްއިން ރިޕޯޓްކުރެއެވެ.

adidas-is-selling-shoes-made-out-of-the-plastic-waste-we-throw-in-the-ocean

މިހާރު ވަނީ ރާއްޖޭގެ ކުނި ބޭނުންކޮށްގެން ޖާޒީ ވެސް ތައްޔާރުކޮށް ދައްކާލައިފަ އެވެ.

އެގޮތުން ޖަރުމަނުގެ ބަޔާން މިއުނިކާއި ސްޕެއިންގެ ރެއާލް މެޑްރިޑުން ވަނީ އެ ޖާޒީ ބޭނުންކުރަން ނިންމައިފަ އެވެ.