ޕީޕީއެމް އަސްލު ޖަލްސާއަށް ފްލައިޓް ޗާޓަރުކޮށްގެންނާއި، މަޖްބޫރުކޮށް ބިރު ދައްކައިގެން ގެނައި މެމްބަރުންގެ މޫނު މަތުން، އެއްވެސް ކަހަލަ ރޫހެއް، ފޯރިއެއް، ހިނިތުންވުމެއް ނެތް ކަމަށް ރައީސް މައުމޫންގެ ދަރިކަބަލުން ޔުމްނާ މައުމޫން ވިދާޅުވެެއްޖެއެވެ.
Haadha rooheh, foariyeh, hinithun vumeh nethey. Asluves majboorun.
— Yumna Maumoon 🇲🇻 🤝🇵🇸 (@yumna_maumoon) November 4, 2016
ޔުމްނާ ވިދާޅުވީ، ޖަލްސާއަށް ވަޑައިގެންނެވި ބޭފުޅުން ވަޑައިގަތީ މަޖްބޫރުކޮށްގެން ކަން އެނގިވަޑައިގަންނަވާކަމަށެވެ. އަދި އެފަރާތްތަކުން ހިތްވަރު ކުރެއްވުމަށް ޔުމްނާ އެދިވަޑައިގެންނެވިއެވެ.
Jalsa ah Male vadaigennevi PPM membarun vadaigennevy majbooru vegenkan alhugandumenah engey. Hivvaru kohlavvaa. Adhi rangalhu vaane.
— Yumna Maumoon 🇲🇻 🤝🇵🇸 (@yumna_maumoon) November 4, 2016
ޕީޕީއެމް ދެފަޅިވެފައިވާ އިރު ރޭ ރައީސް ޔާމީންގެ ފެކްޝަނުން ބޭއްވި ޖަލްސާއަށް އަތޮޅުތަކުންނާއި މާލެއިން ގިނަ އަދަދެއްގެ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނާއި، ސިވިލް ސާވިސް މުވައްޒަފުން ވަނީ "މަޖްބޫރު"ކޮށްގެން ޖަލްސާއަށް ހާޒިރުކޮށްފައެވެ. ޔާމީން ފެކްޝަނުން ބުނާ ގޮތުން މިއީ ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ޖަލްސާއެވެ.