Last Updated: June 12, 06:38
Friday, June 12, 2026
މުނިފޫހިފިލުވުން

ސައިގެ ޕަފޯމަންސެއް ބްރެޒިލްގައި

"ގަންގަނަމް ސްޓައިލް" ލަވަ އިން މުޅި ދުނިޔެ އަށް ވިދާލި ދެކުނު ކޮރެއާގެ ރެޕާ ސައިގެ ޕަފޯމަންސެއް ބްރެޒިލްގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިކަން ބްރެޒިލްގެ ކްލައުޑިއާ ލިޓޭ ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. އޭނާގެ ރަސްމީ ވެބްސައިޓްގައި ބުނެފައި ވަނީ ބްރެޒިލްގ3ެ ސަލްވެޑޯ ސިޓީގައި ބާއްވާ އެންމެ ކުލަ ގަދަ ކާނިވަލް ކަމަށްވާ "ބާހިއަން ކާނިވަލް" ގައި ސައި އޭނާގެ "ގަންގްނަމް ސްޓައިލް" ހުށަހަޅައި ދޭނެ ކަމަށެވެ. އަދި ސައިގެ ޕާފޯމަންސް އޮންނާނީ މި މަހުގެ 8 ވަނަ ދުވަހު ކަމަށް ވެސް ކްލައުޑިއާ ބުންޏެވެ.

މިދިޔަ އަހަރު ޖުލައި މަހު ރިލީޒްކުރުމާ އެކު ވަގުތުން ހިޓަކަށް ބަދަލުވެ ދުނިޔޭގެ ހަތަރު ބިތަށް ހަލުވިކަމާ އެކު ފެތުރިގެން ދިޔަ "ގަންގްނަމް ސްޓައިލް" ވަނީ ޔޫކޭ ޓީން އަައިކަން ޖަސްޓިން ބީބާގެ "ބޭބީ" ޔޫޓިއުބްގައި ގާއިމު ކުރި ރިކޯޑް 805 މިލިއަނަށް ވުރެ ގިނަ މީހުންނާ އެކު މުގުރާލައިފަ އެވެ.
ބީބާގެ ލަވަ ބެލި މީހުންގެ އަދަދު 804 މިލިއަނުގައި އުޅޭއިރު "ގަންގްނަމް ސްޓައިލް" ބެލި މީހުންގެ އަދަދު މިހާރު ވަނީ 808 މިލިއަން ފަހަނަޅައި ގޮސްފަ އެވެ.

ޔޫޓިއުބުން ބުނެފައި ވަނީ "ގަންގްނަމް ސްޓައިލް" އަށް ލިބެމުން ދަނީ މީގެ ކުރިން ޔޫޓިއުބްގައި ވީޑިއޯ އަކަށް ނުލިބޭ ވަރުގެ ތަރުހީބެއް ކަމަށެވެ.

އެގޮތުން ދުވާލެއްގެ މައްޗަށް މި ލަވައިގެ ވީޑިއޯ 7-10 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން ބަލާ ކަމަށް ޔޫޓިއުބުން ބުންޏެވެ.