އެގާރަ ކާޑިޝް ސިޔާސީ ލީޑަރުން ހައްޔަރު ކުރުމާއި ގުޅިގެން ތުރުކީގައި ސޯޝަލް މީޑިއާ ވެބްސައިޓްތައް ބްލޮކްކޮށްފި ކަމަށް އިންޓަނެޓް މޮނީޓާ ކުރާ ގްރޫޕަކުން ހާމަކޮށްފި އެވެ.
އިންޓަނެޓް މޮނީޓާ ކުރާ ނެޓްވޯކްއެއް ކަމަށްވާ ޓާކީ ބްލޮކްސްއިން ހުކުރު ދުވަހުގެ ދަންވަރު 01:00 އިން ވަނީ "ތްރޮޓްލިންގް" ބޭނުންކޮށްގެން ފޭސްބުކް، ޓްވިޓާ އަދި ޔޫޓިއުބް ބްލޮކް ކޮށްފައިވާކަން ކަށަވަރު ކޮށްދީފައެވެ. ތްރޮޓްލިންއަކީ ބައެއް ވެބްސައިޓްތައް ބޭނުންކުރެވޭ ވަރަށްވުރެ ބޮޑަށް ލަސްކުރުމެވެ.
މާގިނައިރުތަކެއް ނުވަނީސް އެނެޓްވޯކްއިން ކުރި އެހެން ޓްވީޓްއެއްގައި ބުނެފައިވަނީ ވަޓްސްއެޕްވެސް ބްލޮކް ކުރެވިފައިވާ ކަމަށްވެ.
ސޯޝަލް މީޑިއާ ވެބްސައިޓްތަށް ބްލޮކް ކުރެވުނީ ޤަބޫލުކުރެވޭ ގޮތުގައި އިދިކޮޅު ޕީޕަލްސް ޑިމޮކްރެސީ (އެޗްޑީޕީ) ޕާޓީގެ ދެލީޑަރުންނާއި އިތުރު ނުވަ މަޖިލިސް މެމްބަރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުމާއި ގުޅިގެން ކަމަށެވެ.

ތުރުކީގައި ސިޔާސީ ހަރަކާތްތައް ބްރޯޑްކާސްޓްކުރާ މިންވަރު ކުޑަކުރުމަށްޓަކައި އިންޓަނެޓް ވަނީ ވަރަށް ބޮޑަށް ހިފެހެއްޓިފައެވެ. އެއީ ދާޚިލީ ހަމަނުޖެހުންތަކަށް މަގުފަހިނުކުރުމަށްޓަކައި ބޭނުންކުރާ ސެންސާޝިޕްގެ އުކުޅެކެވެ.
މިހަފްތާގެ ކުރީކޮޅުގައި ދެކުނުއިރުމަތީ ތުރުކީގެ އިންޓަނެޓް ވަނީ މުޅިން ހުއްޓުމަކަށް ގެނެސްފައެވެ. އޭގެ އަސަރުވަނީ ހަ މިލިއަން މީހުންނަށް ކޮށްފައެވެ. އަދި އޭގެ ސަބަބުން ބަލިމީހުންނަށް ބޭނުންވާ ސިއްހީ ފަރުވާދޭ އެއްޗެހިތައް ފޯރުކޮށްނުދެވި، މުޅި ސަރަހައްދުގެ އިންފްރާސްޓްރަކްޗަރަށްވަނީ ލޮޅުން އަރާފައެވެ.
ޖުލައި މަހު ނާކާމިޔާބުވި ބަޣާވާތަކާއި ގުޅިގެން އިއުލާންކުރެވުނު ކުއްލި ހާލަތަށް އަދިވެސް ތުރުކީގައި ދަނީ ޢަމަލު ކުރެވެމުންނެވެ.