Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

މާލޭގައި ހިންގި މާރާމާރީއެއްގައި މީހެއްގެ ބޯ ފަޅާލައިފި

މިރޭ އިރާކޮޅު މާލޭގައި ހިނގި މާރާމާރީއެއްގައި މީހެއްގެ ބޯފަޅާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 7:40 ހާއިރު ކަމަށެވެ.

މިހާދިސާ ހިނގާފައިވަނީ މާފަންނު، ދަނގަޑުކެޑި ގޯޅިތެރޭގައެވެ.

މިހާދިސާގައި އަނިޔާވި މީހާއަށް ފަރުވާ ދެމުން އަންނަ އިރު ލިބުނު ގެއްލުމުގެ އިތުރު ތަފްސީލެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.