Last Updated: June 26, 14:38
Friday, June 26, 2026
ސިޔާސީ

އަސްލު ޖަލްސާއަށް މީހުން ދިޔައީ ދާހިތުން: އަދުރޭ

ހުކުރު ދުވަހުގެ ރޭ ޕީޕީއެމް ޔާމީން ފެކްޝަނުން އަލިމަސް ކާނިވަލްގައި ބޭއްވި ޖަލްސާއަށް މީހުން ދިޔައީ ދާ ހިތުން ދާން ބޭނުންވެގެން ކަމަށް ޔާމީން ފެކްޝަންގެ ޑެޕިއުޓީ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

"އަސްލު" ނަމުގައި ބޭއްވި ޖަލްސާއަށް މީހުން ދިޔައީ ބިރު ދައްކައި މަޖްބޫރު ކޮށްގެން ކަމަށް ޕީޕީއެމްގެ މައުމޫން ފެކްޝަނުން ބުނެފައި ވަނިކޮށް އަބްދުއް ރަހީމް ވިދާޅުވީ ޖަލްސާއަށް މެމްބަރުން ދިޔައީ ދާ ހިތުން ދާން ބޭނުންވެގެން ކަމަށެވެ.

އަބްދުއް ރަހީމް ވިދާޅުވީ އެފަރާތްތަކުން ޖަލްސާއަށް ދިޔައީ ރައީސް ޔާމީންގެ ހަރުދަނާ ސިޔާސަތު ގަބޫލްކޮށް، އެމަނިކުފާންގެ ހިދްމަތަށް ޝުކުރުވެރިވާތީ ކަމަށެވެ.

އަބްދުއް ރަހީމް ވިދާޅުވީ އަސްލު ޕީޕީއެމްގެ ޖަލްސާ އަސްލު ސައިޒްގައި ބާއްވާފައިވާ ކަމަށެވެ.

hkjh

ޔާމީން ފެކްޝަނުން ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާއަށް މީހުން ދިޔައީ މަޖްބޫރުވެގެންކަމަށް ރައީސް މައުމޫންވެސް ވަނީ ސިފަ ކުރައްވާފައެވެ.

ޖަލްސާ އަށް ދިޔަ މީހުންގެ ހާޒިރީ ބެލުމަށް ހަދާފައިވާ ދެ ކާޑަކާއި 500 ރުފިޔާގެ ނޫޓެއް ހިފައިގެން ޒުވާން ތިން ފިރިހެނަކު ތިބި ފޮޓާއަކާއެކު މައުމޫން ކުރެއްވި ޓްވީޓެއްގައ ވިދާޅުވީ، މަޖުބޫރުވެގެން ނަމަވެސް ޖަލްސާއަށް ދިޔަ މެމްބަރުންނަށް މަރުހަބާ ދަންނަވާ ކަމަށާއި ސާބިތުވެ ތިބުމަށް ގޮވައިލައްވާ ކަމަށެވެ.

އަދި ރައީސް މައުމޫންގެ ދަރިކަބަލުން ދުންޔާ މައުމޫންވެސް ވަނީ މަޖްބޫރުން ޖަލްސާއަށް ދިޔަ ފަރާތްތަކަށް މަރުހަބާ ކިޔާފައެވެ.