މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އަށް މާލޭގައި ޖަލްސާއެއް ބާއްވަން ފުރުސަތު ދީފި ނަމަ، އަސްލު އަދަދު ދައްކާލާނެކަމަށް އެމްޔޫއޯގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބް ލީޑަރ އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް "އަސްލު" ޖަލްސާ ބޭއްވި އަލިމަސް ކާނިވަލްގެ ފޮޓޯއަކާ އެކު އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމްއިން ބުންޏަސް އެތަނުގައި 12000 މީހުން ނުތިބޭނެކަމަށެވެ.
ASLU 12000 meehun mitha thibeyni kihinehbba? Nikan MUO ah jalsa baahvaane thanaka furusatha dheebala ASLU adhadhu dhakkalanan In sha Allah. pic.twitter.com/DcDUfLWI9I
— Ali Zahir (alipi) (@alixahir) November 5, 2016
"ބޮޑު ހަރަދުކޮށް، ފައިސާ ބަހާ، ފުލުހުންނާއި، ސިފައިންނާއި، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތައް ބޭނުންކޮށް، 13 ފްލައިޓް ޗާޓަރުކޮށްގެންވެސް އަސްލުވީ 3500 މީހުން"
އަލީ ޒާހިރު މިގޮތަށް ވިދާޅުވިއިރު އެމްޑީޕީގެ ސަޕޯޓަރުންވެސް ވަނީ ޖަލްސާއެއް ބާއްވާލަން ފުރުސަތު ދީފިނަ އަދަދު ދައްކާލާނެ ކަމަށް ބުނެފައެވެ.
Bodu kharadhukoh, faisabaha, fuluhunna sifainna,sarukaaru office thaka kunfunithah beynun koh, 13 flight charter kohgen ves ASLU v 3500 varu
— Ali Zahir (alipi) (@alixahir) November 5, 2016
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕީޕީއެމްގެ ޖަލްސާތަކުގެ ފޮޓޯތަކުގެ ތިރިއަށް އެމްޑީޕީގެ ޖަލްސާއެއްގެ ފޮޓޯ ލުމަށްފަހު އެތައް ބަޔަލު ގެންދަނީ އެފަދަ ފުރުސަތެއް ދިނުމަށް ގޮވާލަމުންނެވެ. އެފަރާތްތަކުން ބުނެފައިވަނީ އެންމެ ފައިސާ ފޮއްޗެއް ނުދިނަސް ގޮސް މާލެ ފުރާލާނެކަމަށެވެ.
ޕީޕީއެމް ޔާމީން ފެކްޝަނުން ބުނީ ހުކުރު ދުވަހުގެ ރޭ އަލިމަސް ކާނިވަލްގައި ބޭއްވި "އަސްލު" ޖަލްސާ އަކީ ރާއްޖޭގެ ރިކޯޑްކަމަށެވެ.