Last Updated: July 1, 14:02
Wednesday, July 1, 2026
ރިޕޯޓް

ދުނިޔޭގެ އެންމެ ބޮޑު މޭވާ އާއި ތަރުކާރީ

1. ދުނިޔޭގެ އެންމެ ބޮޑު ކައްޓަލަ

1

ލެބަނަންގެ ދެކުނުގައި އޮންނަ ޓަޔާ ސިޓީގެ ދަނޑުވެރިއެއް ކަމަށްވާ ޚަލީލް ސެމްހެޓް ވަނީ 24.9 ޕައުންޑް (11.3 ކިލޯ) ގެ ކައްޓަލައެއްގެ އޭނާގެ ދަނޑުގައި ހައްދައިގެން ދުނިޔޭގެ އެންމެ ބޮޑު ކައްޓަލައިގެ ރެކޯޑް ހަދާފައެވެ.

2. ދުނިޔޭގެ އެންމެ ބޮޑު މެރޯ

2

މެރޯއަކީ ޒުކީނީގެ ބޮޑު ވައްތަރެވެ. ދުނިޔޭގެ އެންމެ ބޮޑު މެރޯ ހައްދާފައިވަނީ ނޯފޯލްކްގެ ކެން ޑޭޑްއެވެ. އޭގައި 113 ޕައުންޑް (65 ކިލޯ) ހުރިއިރު، އޭތި ސޯމާސެޓްގައި އޮތް ނޭޝަލް އެމެޗާ ގާޑެނިންގް ޝޯއަށް ގެންދިއުމަށްޓަކައި ދެފިރިހެނުން ބޭނުންވިއެވެ. މިތަރުކާރީ ވަނީ ގިނެސް ވޯލްޑް ރެކޯޑް ފޮތަށްވެސް އަރާފައެވެ.

3. ދުނިޔޭގެ އެންމެ ބަރު ސައްކެޔޮ

3

2013 ވަނަ އަހަރުގެ އޮގަސްޓް 8 ވަނަ ވީދުވަހު ދުނިޔޭގެ އެންމެ ބޮޑު ސައްކެޔޮގައި 76.44 ޕައުންޑް (34.6 ކިލޯ) ހުރިއިރު، އޭގެ ދިގުމިނުގައި 57.46 ސެންޓިމީޓާރު އަދި ވަށައިގެން 121.28 ސެންޓިމީޓަރު ހުއްޓެވެ. އެއީ ހަވާއީގެ ކެޕްޓައި ކުކްއަށް ނިސްބަތްވާ ޖޯޖްއާއި މާގަރެޓް ހެއްދި ތަރުކާރީއެކެވެ. ހުޅަނގު އިންޑިއާއިން އެންމެ ފުރަތަމަ ފެނުނު ސައްކެޔޮ ހަވާއިއަށް އައީ 1888 ވަނަ އަހަރުގައެވެ.

4. ދުނިޔޭގެ އެންމެ ބޮޑު ފެހި ކެބެޖު4

އެމެރިކާގެ އެލަސްކާގެ ޕާމާގެ އެންކަރޭޖްގެ އުތުރުން 40 މޭލުގައި ދިރިއުޅޭ މެކޭނިކަލް އިންޖިނިއަރެއް ކަމަށްވާ ޖޯން އެވަންސް އަކީ ބޮޑެތި ތަރުކާރީތައް ހެއްދުމުގެ ހަތް ރެކޯޑް އޮންނަ މީހެކެވެ. އޭގެތެރެއިން އެއް ތަރުކާރީއަކީ 1998 ވަނަ އަހަރު 34.4 ކިލޯ (76 ޕައުންޑް)ގެ ބަރުދަން ހުރެގެން ދުނިޔޭގެ ރެކޯޑްއެއް ހެދި ފެހި ކެބެޖެކެވެ.

5. ދުނިޔޭގެ އެންމެ ބޮޑު ކަރާ

5

މިއީ 268.8 ޕައުންޑް (122 ކިލޯ)ގެ ކަރާއެކެވެ. މި ކަރާ ހައްދާފައިވަނީ ހޯޕް ފާމް ސްޓޯގައި ލޮއިޑް ބްރައިޓްއެވެ. ލޮއިޑް ބްރައިޓްގެ އާއިލާއަކީ ކަރާއާއިއެކު ވަރަށް ދިގު ތާރީޚެއް އޮންނަ އާއިލާއެކެވެ. އެއާއިލާއިން ވަނީ 1979 ވަނަ އަހަރު 200 ޕައުންޑްގެ ކަރާއަކާއިއެކު ރެކޯޑް ހަދާ، 1985 ވަނަ އަހަރުގައި 260 ޕައުންޑްގެ ކަރާއަކާއިއެކު އެ ރެކޯޑް މުގުރާލާފައެވެ.

6. ދުނިޔޭގެ އެންމެ ބަރު ކެރެޓް

6

1998 ވަނަ އަހަރު ޖޯން އެވަންސް ދައްކާލި 18.985 ޕައުންޑް (8.61 ކިލޯ) ގެ ކެރެޓްއަކީ މިހާތަނަށް ހެއްދުނު އެންމެ ބަރު ކެރެޓްއެވެ.

7. ދުނިޔޭގެ އެންމެ ބޮޑު ބަރަބޯ

7

ރޯޑް އައިލެންޑްގައި ހައްދާ ބޮޑުކުރި، 1689 ޕައުންޑް (776 ކިލޯ)ގެ ދުނިޔޭގެ އެންމެ ބޮޑު ބަރަބޯ އާންމުންނަށް ދައްކާލާފައިވަނީ 2007 ވަނަ އަހަރު މެސަޗަސެޓްސްގައި ބޭއްބުނު ޓޮޕްސްފީލްޑް ފެއާގައެވެ.

8. ދުނިޔޭގެ އެންމެ ދިގު ކިއުކަމްބާ

8

36.1 އިންޗުގެ އެކިއުކަމްބާ ހައްދާފައިވަނީ އެލްފް ކޮބްއެވެ. އެއީ 35.1 އިންޗުގެ ކިއުކަމްބާއެއް ހައްދައިގެން އޭނާ ހެދި އަމިއްލަ ރެކޯޑް އިނގިރޭސިވިލާތުގެ ނޭޝަނަލް އެމެޗާ ގާޑެނިންގް ޝޯގައި މުގުރާލައިގެންނެވެ.

9. ދުނިޔޭގެ އެންމެ ބޮޑު ކޯލީފްލާވާ

9

31.25 ޕައުންޑް (14.1 ކިލޯ)ގެ ކޯލީފްލާވާ ހައްދާފައިވަނީ އިތުރު ދެ ރެކޯޑް ހަދާފައިވާ އެވަންސް އެވެ. 1997 ވަނަ އަހަރު އެލަސްކާގައި ހެއްދުނު އެންމެ ބޮޑު ކޯލީފްލާވާގެ މަޤާމް އެކޯލީފްލާވާއަށް ލިބުނެވެ.

10. ދުނިޔޭގެ އެންމެ ބަރު ބްރޮކޮލީ

10

އެއީ ޖޯން އެވަންސްގެ އެންމެ ފުރަތަމަ ދުނިޔޭގެ ރެކޯޑްއެވެ. އޭނާ 1993 ވަނަ އަހަރު ހެއްދި ބްރޮކޮލީގެ ބަރުދަނަކީ 35 ޕައުންޑް (15.8 ކިލޯ) އެވެ.