Last Updated: June 26, 14:38
Friday, June 26, 2026
ސިޔާސީ

އަލީމްގެ ފޯނު ފުލުހުން ތިން މަހަށް ހިފަހައްޓައިފި

ޕީޕީއެމް ރައީސް މައުމޫން ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ބަލަމުންދާ މައްސަލައަކާއި ގުޅިގެން ފުލުހަށް ހާޒިރު ކުރުމަށްފަހު އޭނާގެ ފޯނު ތިން މަސް ދުވަހަށް ހިފަހައްޓައިފިއެވެ.

ޕީޕީއެމް އޮފީސް ހިންގަމުން އަންނަ ހ. ތެމާއަށް ބަޔަކު ވަދެ އެތަނުގައި ހުރި ތަކެތި ގެންދިޔަ މައްސަލައާއި ގުޅިގެން ޕީޕީއެމް ރައީސް ޔާމީން ފެކްޝަނުން ފުލުހުންނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން އަލީމް ފުލުހަށް ހާޒިރު ކުރުމަށްފަހު، އޭނާ ގޮވައިގެން ފުލުހުން ވަނީ ހ. ތެމާއަށް ގޮސް އެތަންވެސް ޗެކް ކޮށްފައެވެ. އަދި އަލީމް ދިރިއުޅޭ ގެ ވެސް ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ.

ހ. ތެމާއަށް ޔާމީން ފެކްޝަނުން ވަދެ އެތަނުގައި ހުރި ސާމާން ގެންދިޔައިރު އެސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓާފައިވަނީ ފުލުހުންނެވެ. އަދި އެތަނުން ގެންދިޔަ ތަކެތި ގެންދިޔައީ ރައީސް ޔާމީން ފެކްޝަނުން ކައުންސިލް އިންތިހާބަށް ދަރުބާރުގޭގައި ގާއިމްކޮށްފައިވާ އޮފީހަކަށެވެ. އޭގެ ފަހުން ޔާމީން ފެކްޝަނުންވަނީ ޕީޕީއެމް އޮފީހުން ގެންދިޔަ ޕީސީ ތަކުގެ ހާޑް ޑިސްކް ނެތްކަމަށް ބުނެ، އެމައްސަލަ ފުލުހަށް ހުށަހަޅާފައެވެ.