Last Updated: June 28, 06:55
Sunday, June 28, 2026
ކުޅިވަރު

ގައުމީ މުބާރާތުން ފޭދޫ ޓީމަށް ފުރުސަތެއް

ކުރިއަށް އޮތް ގައުމީ ފުޓުބޯޅަ މުބާރާތް ނުވަތަ ޕްރެޒިޑެންޓްސް ކަޕުގައި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ މި ސީޒަނުގެ ގަދަ ހަތަރުު ޓީމާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއެކު އެންމެ ފަހުގެ މިނިވަން 50 ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ފޭދޫ ޓީމު ވާދަ ކުރާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ގައުމީ މުބާރާތުގައި އާންމުކޮށް ލީގުގެ ގަދަ 4 ޓީމު ވާދަކުރާއިރު މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުގެ އަށް ޓީމަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދީފައިވެއެވެ. ނަމަވެސް މިފަހަރު މުބާރާތުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ލީގުގެ ގަދަ ހަތަރެއްގެ އިތުރުން އެންމެ ފަހުގެ ރަނަރަޕް ނިއުރޭޑިއަންޓު އަދި މިނިވަން 50 ގެ ޗެމްޕިއަން ފޭދޫ ޓީމެވެ.

ލީގު ނަގާފައިވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަކީ މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ޗެމްޕިއަން އަށް ވުމުން އެޓީމު ވަނީ މިއަހަރުގެ މުބާރާތަށް އޮޓަމެޓިކުން ކޮލިފައިވެފައެވެ. އެހެންކަމުން އެސްޕޮޓު ފުރުމަށް އެފްއޭއެމް އިން ވަނީ އެންމެ ފަހުގެ ރަނަރަޕް، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ފުރުސަތު ދީފައެވެ.

މިއީ ދިވެހި ފުޓުބޯޅައިގައި ގަދަ އަޑުން ގުގުމަމުން އަންނަ ފޭދޫ ޓީމު ފުރަތަމަ ޑިވިޝަނުގެ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ފޭދޫ ޓީމުގެ އިތުރުން ޔުނައިޓެޑު ވިކްޓްރީ އަދި ޓީސީ ސްޕޯޓްސް ކުލަބުވެސް މިފަހަރުގެ މުބާރާތަށް ނިކުންނަނީ އަލަށެވެ.