ލާމަރުކަޒީ ނިޒާމް "އަސްލު" ކަފުންކުރި ބަޔަކަށް ލޯކަލް ކައުންސިލްގެ އެންމެ ގޮޑިއެއްވެސް ހައްގެއް ނޫންކަމަށް މާލެ ސިޓީ ކައުންސިލްގައި ހިމެނޭ ޕީޕީއެމް ކައުންސިލަރު ޒައިދުލް އަމީން ވިދާޅުވެއްޖެއެވެ.
https://twitter.com/ZaidulAmeen/status/795557930229780481
ލާމަރުކަޒީ ނިޒާމް ކަފުންކޮށް ވަޅުލައިގެން ތިބި ބައެއްގެ ގާތަށް ކައުންސިލް އިންތިހާބްގައި ވާދަކުރުމަށް ޓިކެޓް ހޯދަން ނުދިއުމަށް ޒައިދުލް އަމީން ގޮވާލެއްވިއެވެ.
https://twitter.com/ZaidulAmeen/status/795547528242544641
ޕީޕީއެމް ދެފަޅިވެފައިވާ އިރު ޒައިދު ހުންނެވީ ޕާޓީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމްއަށް ތާއިދު ކުރައްވައިގެންނެވެ.
ރައީސް ޔާމީންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މިހާރު ގެންދަވާ ޒައިދު ވިދާޅުވީ ކައުންސިލްތަކުގެ ބާރު ނެގީ ރައީސް ޔާމީން އަންގަވައިގެން، އަބްދުﷲ ހަލީލްމެން އިސްވެ ތިއްބަވައިގެންކަމަށެވެ. އަދި މިއަދު ހަލީލްމެން ކައުންސިލް އިންތިހާބްގެ 80 ޕަސެންޓް ނަގާނެ ކަމަށް ބުނަން ލަނދު ގަންނަންޖެހޭ ކަމަށެވެ.
https://twitter.com/ZaidulAmeen/status/795562603137343488
ރައީސް ޔާމީންގެ ސަރުކާރުގެ ކުރުމުއްދަތެއްގެ ތެރޭގައި ކައުންސިލްތަކުގެ ބާރުވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހް ގެނެސް ކަނޑުވާލާފައެވެ. އެއާއި އެކު ކައުންސިލުން ކުރަމުން އައި ގިނަ މަސައްކަތްތައް ވަނީ އެކި މިނިސްޓްރީތަކަށް ބަދަލުކޮށްފައެވެ.
ހާއްސަކޮށް ސިޓީ ކައުންސިލްގެ ބާރުވަނީ މުޅިން ކެނޑިފައެވެ.