ޕީޕީއެމްގެ ރައީސް މައުމޫންގެ ދެ ދަރިކަނބަލުން ކަމަށް ދުންޔާ މައުމޫން އާއި ޔުމްނާ މައުމޫން، ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް ހާޒިރުވާން ސިޓީ ފޮނުވައިފި އެވެ.
ޕީޕީއެމް ޔާމީން ފެކްޝަނުން ކޮންޓްރޯލް ކުރާ، ސުލޫކީ ކޮމެޓީއަށް ހާޒިރުވާން ވަކިވަކިން ފޮނުވި ދެ ސިޓީގައި ބުނެފައިވަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން މިއަދު މެންދުރު 2 ޖަހާއިރަށް ޕީޕީއެމްގެ އާއޮފީސް ހ ކޮރަލްރީފްގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގަތުމަށެވެ. އަދި އެގަޑިއަށް ހާޒިރު ނުވެއްޖެނަމަ ޢައިރުގައި މައްސަލަ ކުރިއަށް ގެންދާނެކަމަށް ސިޓީގައިވެއެވެ.
ޕީޕީއެމް ރައީސް މައުމޫންގެ ފެކްޝަނުން ބުނީ ސުލޫކީ ކޮމެޓީ އަކީ ޕާޓީގެ ރައީސް ހިމެނިވަޑައިގެންނެވި ކައުންސިލް ބައްދަލުވުމަކުން ސަސްޕެންޑް ކޮށްފައިވާ ކޮމެޓީއެއް ކަމަށެވެ.